ސީޒަންގެ "ލޯބިވެވިއްޖެ" ލޯންޗުކޮށްފި

އަލީ ސީޒަން --

ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަންސް‘ އިން އާ ދިވެހި ފިލްމެއް ލޯންޗްކޮށްފި އެވެ.

ކުޅަދާނަ ބަތަލު އަލީ ސީޒަންގެ "ލޯބިވެވިއްޖެ" ލޯންޗުކޮށްފައިވާއިރު އެ ފިލްމަކީ އަންނަ އަހަރު ސިނަމާތަކުގައި އެޅުވުމަށް ކަނޑައަޅަފައިވާ ދިވެހި ފިލްމެކެވެ.

ފިލްމުގެ ތަރިން މިހާރު އިއުލާންކޮށްފައިވާއިރު އެ ފިލްމުން ފެނިގެންދާނީ ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ބަތަލާ މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮން އައްޔަ)، އިރުފާނާ އިބްރާހިމް (އިރޫ) އަދި އަހްމަދު އީސާ (އާނަންދު) އެވެ. އަދި ޢަލީ ޝަމީލް ވެސް ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމުގެ ޝޫޓިން މި މަހު 23ގައި ގދ. ތިނަދޫ ފަށާއިރު މި ފިލްމުގެ ބޮޑު ބައެއް ލަންކާގައި ޝޫޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް