"ޔޭ ހޭ މޮހޮއްބަތައިން"ގެ ފަހު އެޕިސޯޑު މި މަހު

ސްޓާ ޕްލަސްއިން ދައްކަމުން އަންނަ ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ހޭ މޮހޮއްބަތައިން" ދެއްކުން ހުއްޓާލާން އުޅޭކަމަށް މީގެ ކުރިން އަޑުތަކެއް އަރައިފަ އެވެ.

އެކްތާ ކަޕޫރުގެ ހަ އަހަރުވީ ޑްރާމާ ސިލްސިލާ ނިންމާލަން އުޅެކަމަށް އޭނާ ވަނީ މިހާރު ކަށަވަރުކޮށްދީފަ އެވެ. އެކްތާ ބުނީ ކޮންމެ ފެށުމަކަށް ނިމުމެއް އަންނަ ފަދައިން މި ޑްރާމާގެ ނިމުން މިހާރު ގާތްވެއްޖެ ކަމަށެވެ. ޑްރާމާގެ ލީޑު ކަރަން ޕަޓޭލް (ރަމަން ބައްލާ) ބުނީ އެންމެ ފަހު އެޕިސޯޑް ދައްކާނީ މި މަހު 20 ވަނަ ދުވަހުގައި ކަމަށެވެ.

ޔޭ ހޭ މޮހޮއްބަތައިން ނިންމާލަނީ މި މަހު 19 ވަނަ ދުވަހު ފަށާ ޔޭ ހޭ ޗާހަތެއިންގެ ފުރަތަމަ އެޕިސޯޑަށްފަހު އެވެ. އެ ޑްރާމާ އަކީ ޔޭ ހޭ މޮހޮއްބަތައިންގެ ސްޕިން އޮފް އެކެވެ.

"ޔޭ ހޭ މޮހޮއްބަތައިން" ދައްކަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ.

comment ކޮމެންޓް