ހަތް ރަށެއްގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

7 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުން-- ފޮޓޯ/ޕްލޭނިންގް މިނިސްޓްރީ

ހަތް ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިންގް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

7 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުން-- ފޮޓޯ/ޕްލޭނިންގް މިނިސްޓްރީ

މިއަދު ސޮއިކުރި އެއްބަސްވުންތަކުގައި ހިމެނެނީ މިހާރު ބަނދަރު ހުރި ފަސް ރަށެއްގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ އެއްބަސްވުންތަކަކާއި ދެ ރަށެއްގެ ބަނދަރު ޑިޒައިންކޮށް ބިލްޑް ކުރުމުގެ އެއްބަސްވުންތަކެކެވެ.

ބަނދަރު އަޕްގްރޭޑް ކުރާ ރަށްތަކުގެ ތަފްސީލް:

  • ށ. ޅައިމަގު: 56.3 މިލިއަން ރުފިޔާ (މުއްދަތު: 480 ދުވަސް)
  • ރ. ރަސްމާދޫ: 19 މިލިއަން ރުފިޔާ (މުއްދަތު: 365 ދުވަސް)
  • ށ. ބިލެތްފަހި: 31.6 މިލިއަން ރުފިޔާ (މުއްދަތު: 365 ދުވަސް)
  • ފ. ދަރަނބޫދޫ: 38.2 މިލިއަން ރުފިޔާ (މުއްދަތު: 397 ދުވަސް)
  • ދ. ހުޅުދެލި: 39.8 މިލިއަން ރުފިޔާ (މުއްދަތު: 362 ދުވަސް)

މި މަޝްރޫއުތައް އެވަރޭޖްކޮށް ދީފައިވަނީ 362 ދުވަހާއި 420 ދުވަހުގެ މުއްދަތެކެވެ.

ބަނދަރު ޑިޒައިންކޮށް އަލަށް ހަދާ ރަށްތައް:

  • ނ. ލަންދޫ: 35.6 މިލިއަން ރުފިޔާ
  • އދ. މަންދޫ: 37.3 މިލިއަން ރުފިޔާ

އެ މަޝްރޫޢުތަކުގެ ތެރެއިން ލަންދޫ ބަނދަރުގެ މަޝްރޫއު ނިންމަން 420 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މަންދޫ ބަނދަރު މަޝްރޫޢު ނިންމަން ދީފައިވަނީ 330 ދުވަހުގެ މުއްދަތެކެވެ.

comment ކޮމެންޓް