ކާށިދޫއިން ގެެއެއް ބަލައި ފާސްކޮށް، ފަސް މީހަކު ހައްޔަރުކޮށްފި

ކ. ކާށިދޫ: މަސްތުވާތަކެއްޗާއެކު ފަސް މީހަކު ވަނީ ހައްޔަރުކޮށްފައި --- ފޮޓޯ/ ޕީއެސްއެމް

ކ. ކާށިދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ކާށިދޫގައި މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަކަށް ލިބުނު މައުލޫމަތަކާ ގުޅިގެން ރޭ 10:17 ހާއިރު، ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރަކާއެކު، އެރަށު ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ހުރި 10 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ މީހުންނާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ. މި ފަސްމީހުންނަކީވެސް ދިވެހި ފިރިހެނުންކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.

މި މައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ އާންމުކޮށްފައި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިމަހު މިހާތަނަށް މަސްތުވާތަކެތީގެ 72 މައްސަލައެއް އެ މުއައްސާއަށް ވަނީ ހުށަހެޅިފަ އެވެ. މިއަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް ހުށަހެޅާފައިވަނީ މަސްތުވާތަކެތީގެ ޖުމްލަ 2050 މައްސަލަ އެވެ.

comment ކޮމެންޓް