މަސްދޯންޏަކަށް ހޮނުއަޅައި ދެ މީހަކަށް އަނިޔާވެ ދޯންޏަށް ގެއްލުން

ހޮނުއެޅި މަސްދޯނި -- ފޮޓޯ: ފުލުހުން

މަސްދޯންޏަކަށް ހޮނުއަޅައި އޭގައި ތިބި ދެމީހަކަށް އަނިޔާވެ، ދޯންޏަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ގއ. އަތޮޅުގައި ރިސޯޓް ހަދަމުންދާ ރަށެއް ކަމަށްވާ މާރަންދޫ ކައިރިން 13 މީހަކާއެކު ދަތުރުކުރަމުންދިޔަ މަސްދޯންޏަކަށް ހޮނުއެޅި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި ދޯނީގައި ތިބި ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެ ދެމީހުންނަށް ގއ ކޮލަމާފުށި ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހޮނުއެޅި ދޯނި ކޮލަމާފުށީ ދޯންޏެއްގައި ކަފުޖަހައިގެން ރޭ ދަންވަރު، 3:05 ހާއިރު ކޮލަމާފުށީ ބަނދަރަށް ވައްދާފައިވާ ކަމަށެވެ.

މި ހާދިސަގައި ހޮނުއެޅި ދޯނީގެ ވީލްހައުސް އާއި ކަރަންޓު ސާމާނަށް ވަނީ ގެއްލުން ވެފަ އެވެ.

comment ކޮމެންޓް