ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

ނައިފަރުގައި ފެންބޮޑުވުމާގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެރަށު ކައުންސިލްގެ ރައީސް --- ފޮޓޯ: އެމްއެންޑީއެފް

ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިއްޖެއެވެ.

މިއަދު މެންދުރު އެރަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެފައިވާއިރު ހިނގާ ބިނގާވެ ނޫޅެވޭ ވަރަށް ވަނީ ރަށުގައި ފެންގަނޑު ބޮޑުވެފަ އެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހުކުރު ވަގުތާ ދިމާކޮށް ގުރުގުމާއެކު ބޯކޮށް ވާރޭވެހުނު ކަމަށެވެ. އަދި މިހާރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދާކަމަށް ނައިފަރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ނަދަން އޭރިއާގެ ސިފައިން ދަނީ ކުރަމުންނެވެ.

ފެންހިއްކުމުގެ މަސައްކަތުގައި ނައިފަރުގައި ތިބޭ ފުލުހުންނާއި އާންމުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް