"ހުވާ"ގެ ދެވަނަ ސީޒަން ޖަނަވަރީ މަހު ދައްކަނީ

ފާތިމަތު ނަހުލާ (ނަހޫ)ގެ ކާމިޔާބު ވެބް ސީރީޒް ހުވާގެ ދެވަނަ ސީޒަންގެ ޝޫޓިން މިހާރު ފަށައިގެން ކުރިއަށްދާއިރު ސީރީޒް އަންނަ މަހު ދައްކަން ނިންމައިފިއެވެ.

ނަހޫ ބުނީ މި ފަހަރުގެ އެޕިސޯޑެއްގައި 20 މިނެޓުގެ ދިގުމިން ހުންނާނެކަމަށެވެ. ދިވެހި ފިލްމީ ދުނިޔެއަށް މުޅިން އަލަށް ތައާރަފްކުރި ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ"ގެ ފުރަތަމަ ސީޒަން ކާމިޔާބު ކަމާއެކު ނިންމާލާ ކުޑަދުވަސްކޮޅެއް ތެރޭ ދެވަނަ ސީޒަންގެ ޝޫޓިން ފަށައި ކުރިއަށްދާއިރު މިހާރު ސީރީޒްގެ އިންޑޯ ޝޫޓިންގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

ނަހޫ ބުނީ މި ފަހަރުގެ ސީޒަން ދޮޅު އަހަރެއްހާ ދުވަހުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށެވެ. ހަފްތާ އަކު އެއް ދުވަހު ގެނެސްދޭ އެ ސީރީޒްގެ ދެވަނަ ސީޒަންގައި ފުރަތަމަ ސީޒަނުން ނުފެންނަ ތަރިން ވެސް ފެނިގެންދާނެއެވެ.

"ހުވާ" އަކީ ގިނަ ހަރަދުތަކެއް ކޮށްގެން އުފެއްދި ދިވެހި ވެބް ސީރީޒްއެކެވެ. އެ ސީރީޒްގެ ސެޓަށް ވެސް ހަތަރު މިލިއަން ރުފިޔާ ހޭދަވި އެވެ.
"ހުވާ" އަކީ 40 އަށް ވުރެ ގިނަ އެކްޓަރުން ބައިވެރިކޮށްގެން ހެދި ވެބްސީރީޒެކެވެ.

comment ކޮމެންޓް