ޓްރިވެންޑްރަމްގައި ހުންނަ މޯލްޑިވިއަންގެ އޮފީސް އެހެން އިމާރާތަކަށް ބަދަލުކޮށްފި

ޓްރިވެންޑްރަމްގައި ހުންނަ މޯލްޑިވިއަންގެ އާ އޮފީސް--

އިންޑިއާގެ ޓްރިވެންޑްރަމްގައި މޯލްޑިވިއަންގެ އޮފީސް ހުންނަ އިމާރާތް އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.

ޓްރިވެންޑްރަމްގައި ހުންނަ މޯލްޑިވިއަންގެ އާ އޮފީސް ބަދަލުކޮށްފައި ވަނީ، ކުމާރަޕޫރަމްގެ ޕޫންތީ ރޯޑުގައި ހުންނަ ޕީކް ޓަވަރުގެ އެއްވަނަ ފަންގިފިލާއަށެވެ.

ޓްރިވެންޑްރަމްގެ މޯލްޑިވިއަން އޮފީސް އިމާރާތް ބަދަލުވި ލޮކޭޝަން--

އެ އޮފީސް ކޮންމެ އާދީއްތަ ދުވަހަކު ވެސް ބަންދުކޮށްފައި ހުންނައިރު، ހޯމަ ދުވަހުން ހުކުރު ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ވެސް ހެނދުނު 9:30 - ހަވީރު 5:00 އަށް ހުޅުވާފައި ހުންނާނެ އެވެ. އަދި ހޮނިހިރު ދުވަހު އޮފީސް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 - މެންދުރު 1:30 އާ ހަމައަށެވެ.

މޯލްޑިވިއަންގެ ޓްރިވެންޑްރަމް އޮފީހުގެ ޑިއުޓީ މޮބައިލް ނަންބަރަކީ 8129060022 އެވެ. އަދި ޓްރިވެންޑްރަމް އެއާޕޯޓުގެ މޯލްޑިވިއަން ލޭންޑް ލައިން ނަންބަރަކީ 04712502251 އެވެ.

މޯލްޑިވިއަން އިން މާލެއާއި ޓްރިވެންޑްރަމްއާ ދެމެދު ކޮންމެ ދުވަހަކު ވެސް ފްލައިޓްތައް އޮޕަރޭޓް ކުރާއިރު، މާލެއާއި ކޮޗިންއާ ދެމެދު ހަފްތާއާއެކު ތިން ދުވަހު ފްލައިޓް އޮޕަރޭޓް ކުރެ އެވެ.

comment ކޮމެންޓް