ސަރުކާރުގެ 19 ކުންފުންޏެއް އުވާލަނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ 19 ކުންފުންޏެއް އުވާލަން ނިންމާ އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ލިކުއިޑޭޝަން ލިސްޓުގައި ހިމެނޭ 19 ކުންފުނީގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުލަތުގެ މީޑިއާ ހިންގަން އުފެއްދި މޯލްޑިވްސް ނޭޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަނާއި، އެ ސަރުކާރުގައި އުފެއްދި ހެލްތު ސާވިސް ކޯޕަރޭޝަންތަކެވެ.

މީގެ އިތުރުން ކުޅުދުއްފުއްޓައި ހިތަދޫ ޕޯޓު ހިންގުމަށް އުފައްދާފައިވާ ދެ ކުންފުންޏަކާއި ކަން އެއާޕޯޓްސް ކޮމްޕެނީގެ ނައުމުގައި ހިންގި ކުންފުނި، ފެލިވަރ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުގެ ނަމުގައި ހިންގި ކުންފުންޏާއި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑުގެ ނަމުގައި ހިންގި ކުންފުނިވެސް އުވާލަން ނިންމާފައިވެ އެވެ.

މީގެ އިތުރުން ހަޒާނާ މޯލްޑިވްސް، ނޭޝަނަލް އިންވެސްޓްމެންޓް މެނެޖުމެންޓް ކޮމްޕެނީ އަދި އެމްއާރުޑީސީވެސް އުވާލަން ނިންމާފައިވެ އެވެ.

ސަރުކާރު ހިއްސާވާ 31 ކުންފުންޏެއް ހިންގާއިރު ފައިދާ ވަނީ މަދު ކުންފުންޏަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް