އަވަހަށް ހިކެން ކަސްރަތު ކުރަންވީ ނާސްތާގެ ކުރިން!

09 ނޮވެމްބަރ 2016: ސޮނީ ސްޕޯޓްސް އާއި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދިޔަ 'ސޮނީ ސްޕޯޓްސް ރަން ފޯރ ޗެރިޓީ----ސަން ފޮޓޯ: މުހައްމަދު އަފްރާހް

ހެނދުނު ހެނދުނާ ކަސްރަތުކޮށްލަންދާންވީ ސައިބޮއެގެންތޯ ނުވަތަ ހުސްބަނޑާ ހުރެތޯ މިއީ ވަރަށް ދުވަސްވަންދެން ފިޓްނަސް އިންސްޓަރަކްޓަރުންނާއި، ކަމާއިބެހޭ ސިއްޚީ މާހިރުން ބަހުސްކުރާ މައުޟޫއެކެވެ. މިފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ނާސްތާގެ ކުރިން ކަސްރަތުކުުމަކީ، ހަށިގަނޑުން ގިނަ ސަރުބީ ވިރުވާލަދިނުމަށް މާ ބޮޑަށް އެހީވާ ކަމެއްކަމަށެވެ.

ހެނދުނުގެ ނާސްތާއާއި ކަސްރަތާއު ގުޅޭގޮތުން ދިރާސާކޮށް މިކަމާއި ބެހޭގޮތުން ވާހަކަ ދައްކާ އެކި ފަރާތްތަކުގެ މެދުގައި ތަފާތު ދެ ވިސްނުމެއް އޮވެއެވެ. އެއްބަޔަކު ދެކޭގޮތުގައި ކަސްރަތުގެ ކުރިން ކެއުމުން، ހަށިގަނޑުގައި ހުންނަ ބްލަޑް ސުގާގެ މިންވަރު އިތުރުކޮށް ގިނައިރު، ކަސްރަތުކުރުމަށްޓަކައި ބޭނުންވާ ހަކަތަ ހަށިގަނޑަށް ލިއްބައިދޭނެ އެވެ.

މި ނިމުނު ހަފްތާގައި އިނގިރޭސިވިލާތުގައި އާންމުކުރި ދިރާސާއަކުން ދައްކާގޮތުގައި، މާބޮޑަށް ފަލަވެ، ބަރުވެފައި ތިބި 30 ފިރިހެނުންގެ ތެރެއިން ނާސްތާ ނުނަގާ ފުރަތަމަ ކަސްރަތުކުރި މީހުންވަނީ ނާސްްތާ ނަގައިގެން ކަސްރަތުކުރި މީހުންނަށްވުރެ ދެގުނަ ސަރުބީ ވިރުވާލާފައެވެ.

ކަންމިހެންދިމާވަނީ، ހުސްބަނޑާހުރެ ކަސްރަތުކުރުމުން ހަށިގަނޑުގައި ހުންނަ ކާރބްސްތައް ފެޓް ސެލްސްއަށް ބަދަލުކުރާތީއެވެ. މީގެ އިތުރުން ހެނދުނު ސައިގެ ކުރިން ކަސްރަތުކުރުމުން ދިރާސާގެ ބައިވެރިންގެ މަސްތައް އިންސުލިންއަށް މާބޮޑަށް ރެސްޕޮންސިވްވި ކަމަށާއި، އަދި އެކަމުގެ ނަތީޖާއެއްގެ ގިތުން ހަކުރު ދަށްކޮށްދީ، ޑައިބެޓީސްއާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭކަމަށްވެސް ދިރާސާވެރިން ފާހަގަކޮށްފައިވެއެވެ.

ޔުނިވާސިޓީއޮފް ބެތް ގެ ޑިޕާޓްމަންޓް އޮފް ހެލްތް ގެ އެސޯސިއޭޓް ޕްރޮފެސާ ޖޭވިއާ ގޮންޒާލޭސް ވިދާޅުވިގޮތުގައި، އެއްހަމައެއްގެ ކަސްރަތުތަކެއް ކޮށް، އަދި ދާދިއެއްވަރަކަށް ބަރުދަން ލުއިވެފައިވާއިރު، ހަށިގަނޑުގެ މަސްތައް އިންސުލިން އަށް މިފަދައިން ރިއެކްޓުކުރުމަކީ ވަރަށް ކާމިޔާބު ނަތީޖާއެއްކަމަށެވެ. އަދި މި ދިރާސާގެ ހަމައެކަނި ތަފާތަކީ ކާ ގަޑިތައް އެކަނި ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެކުރިން 2017 ވަނަ އަހަރުވެސް މިފަދަ ދިރާސާއެއް ކުރެވިފައިވާއިރު، އެ ދިރާސާގައި ބައިވެރިކޮށްފައިވަނީ 28 ދުޅަހެޔޮ އަދި ކަސްރަތު ގަވާއިދުން ކުރަމުންއައި މީހުންނެވެ. ނަމަވެސް މި ދިރާސާގައި ކަސްރަތުކުރެވުނު މިންވަރުގެ ތަފާތު އައުމުން ސީދާ މި ދިރާސާއާއި ގުޅުމެއް ނެތެވެ.

ކޮންމެއަކަސް، ހުސްބަނޑާހުރެ ކަސްރަތަށް ނުކުތަސް، އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ރިކަވަރީއަށާއި، ރީހައިޑްރޭޓް ކޮށް ރިޕެއާ އަދި ރިއެންފޯރސް ކުރުމަށެވެ.

comment ކޮމެންޓް