ބަންޑާރަކޮށްޓަށް ވަދެ ގޮއްވާލާނެ ކަމުގެ އިންޒާރު ދިނީ ބަންގްލަދޭޝް މީހެއް: ފުުލުހުން

ދިވެހި ސިފައިން މާލޭގެ މަގުމަތީގައި ޕެރޭޑު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮއްޓަށް ވޭނެއްގައި ވަދެ އެތަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެފި އެވެ.

ނޮވެމްބަރު 18 ވަނަ ދުވަހު ސިފައިންގެ އުޅަނދެއް ބަންޑާރަކޮއްޓަށް ވަންނަން ދިޔަ ވަގުތު، އެ އުޅަނދުގެ ފަހަތުން ގޮސް ސީ ބޯޑެއް ޖަހާފައިވާ ވޭނެއް އެތަނަށް ވަނެވެ. އެނގިފައިވާ ގޮތުގައި އެ ވޭނުގައި އިން މީހާ ހުއްޓުވުމުން ބަންޑާރަކޮށި ގޮއްވާލާނެ ކަމަށް ބުނެ އޭނާ ސިފައިންނާ މާރާމާރީ ވެސް ހިންގި އެވެ.

އެ މައްސަލަ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ބަލަމުންދާ ކަމަށް މިއަދު ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވި އެވެ.

އެ ވޭނުގައި އިނީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް އިޒްމިއާ ވިދާޅުވި އެވެ. އަދި އޭނާ ހައްޔަރު ކުރީ ނޮވެމްބަރު 19 ކަމަށް ވެސް ވިދާޅުވި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މީހާ އަކީ ރާއްޖޭގައި އުޅޭތާ ހަތް ވަރަކަށް އަހަރުވެފައިވާ މީހެކެވެ.

ގޭޓުން ވަނުމުގެ ކްލިއަރަންސް އެ މީހާ ދުއްވަން އިން ވޭނަށް ލިބުނީ އެއީވެސް ސިފައިންގެ ވެހިކަލެއް ކަމަށް ބަންޑާރަކޮށީގައި ތިބި ޑިއުޓީ އޮފިސަރުންނަށް ހީވުމުން ކަމަށް އެނގިފައިވެ އެވެ. އެ ހާދިސާއާ ގުޅިގެން މިހާރު ބަންޑާރަކޮށީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާކަންވެސް ވަނީ އެނގިފަ އެވެ.

ސިފައިންގެ މައި މަރުކަޒަށް ވަދެގަނެ، "ގޮއްވާލާނެ"ކަމުގެ އިންޒާރު ދިން ބިދޭސީއަކު ހައްޔަރުކޮށްފި

comment ކޮމެންޓް