މުއިއްޒު މާލިއްޔަތު ކޮމިޓީއަށް "ދޮގު މައުލޫމާތު ދިން" މައްސަލަ ޕޮލިހަށް

ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ބަދަލުގެ ގޮތުގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑްންސްއަށް 845 މިލިއަން ރުފިޔާ ދިން މައްސަލާގައި މައުލޫމާތު ސާފުކުރުމަށް ކުރީގެ ހައުސިންގެ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރުމުން، އެ ކޮމިޓީއަށް ދޮގު މައުލޫމާތު ދިން މައްސަލަ ޕޮލިހަށް ހުށަހަޅަން ކޮމިޓީއިން ނިންމައިފި އެވެ.

ނޫމަޑި މައްސަލައިގައި އެގްރިމަންޓް ބާތިލް ކުރިއިރު އޭރު ހައުންސިން މިނިސްޓަރަކަށް ހުންނެވި، މުއިއްޒު ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. އޭނާ ހާޒިރު ކުރީ، އެ މައްސަލައިގައި ނޫމަޑިއާ އެއްކޮޅަށް އާބިޓްރޭޝަންގައި ބަޔާން ދިން ކަމަށް ބުނެ އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، ކޮމިޓީއަށް ހާޒިރުވެ، މުއިއްޒު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އެގޮތުން އޭނާ ހުށަހެއްޅުވީ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހެޅުމަށެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ދާންދޫ ދާއިރާ މެމްބަރު ޔައުގޫބެވެ.

ހުށަހެޅުން ފާސްވީ ކޮމިޓިއަށް ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ މަހު ހަތަރު ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އާބިޓްރޭޝަނަށް ބަޔާން ދިނީ، އެ މައްސަލައިގައި ކުރިން ދީފައިވާ ބަޔާންތަކެއްގައި އޭނާއާ މެދު ދައްކާވައިފާ ދޮގު ވާހަކަތަކެއްގެ ހަގީގަތް ހާމަކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެ ބަޔާން ހަވާލު ކުރީ ކޮން ފަރާތަކާކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުއިއްޒު ވިދާޅުވީ، އޭނާ އެއްވެސް ބަޔަކާ އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް ބަޔާން ދީފައި ނުވާނެ ކަމަށެވެ.

https://sun.mv/126806

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހަށް މިހާކު އައިސް ވާހަކަ ދައްކަވަން ވާނީ ތެދު ބަހުންނެވެެ. އަދި ދޮގު މައުލޫމަތު ދީފި ނަމަ އެއީ ކުށެށް ކަމަށް ގައިވައިދުގައި ބުނެެ އެވެ.

comment ކޮމެންޓް