ބަނޑުބޮޑު ކަމަށް ދެކެވުނު ވާހަކަ ހެއިލީ ދޮގުކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބޯލްޑްވިން ބަނޑުބޮޑު ކަމަށް ދެކެވުނު ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

ހެއިލީ ބަނޑުބޮޑުކަމަށް މިދޭތެރެއިން ވަރަށް ބާރަށް ދެކެވި މީިޑިއާތަކުގައި ވެސް އެކަން ރިޕޯޓްކޮށްފައިވެ އެވެ.

ހެއިލީ ބުނީ އެ ވާހަކައަކީ ދޮގުވާހަކައެއް ކަމަށާއި އޭނާ އަދި ބަނޑުބޮޑުނޫން ކަމަށެވެ. އެކަމަކު އޭނާ އަކީ ކާއެއްޗެއްސަށް ނުހަނު ފޯރި ހުންނަ މީހެއްކަމަށް ވެސް ހެއިލީ ވަނީ ބުނެފަ އެވެ.

ހެއިލީ ބުނީ ސޯޝަލް މީޑިއާގައި ފެތުރުނު އެ ހަބަރަކީ ދޮގު ހަބަރެއްކަމަށް އެންމެންނަށް އަންގައިލަން ބޭނުންވީ ކަމަށެވެ.

ހެއިލީ އާއި ޖަސްޓިން އެންގޭޖްވީ މިދިޔަ އަހަރު ޖުލައިގަ އެވެ. އަދި ކައިވެނިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އޭގެ ފަހުން މިދިޔަ އޮކްޓޯބަރު މަހު ހެއިލީ އާއި ޖަސްޓިން ދެވަނަ ފަހަރަށް ކައިވެނިކުރި ކަމަށް ހަބަރުތައް ވަނީ ބުނެފަ އެވެ.

ވޯގް އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ހެއިލީ ބުނެފައި ވަނީ ދެމީހުން ދިމާވެފައި ވަނީ ވަރަށް ޒުވާން އުމުރެއްގައި ކަމަށެވެ.

comment ކޮމެންޓް