ޒުވާން ކުޅުންތެރިޔާ ހަމްޕު ކައިވެނިކޮށްފި

ހަމްޒާ އާއި އޭނާގެ އަންހެނުން ޝަހުމާގެ ކައިވެނީގެ ހަފްލާގެ ތެރެއިން --- ފޮޓޯ : ޝާހު އަހުމަދު / ފޭސްބުކް

ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) ކައިވެނިކޮށްފި އެވެ.

އުމުރުން 24 އަހަރުގެ ހަމްޕު ކައިވެނިކޮށްފައި ވަނީ އޭނާ ރަށްޓެހިވެގެން އުޅުނު އައިޝަތު ޝަހުމާ އާއެވެ.

ކައިވެނީގެ ހަފްލާ ރޭގައި ތާޖުއްދީން ސްކޫލުގައި ބާއްވާފައިވާ އިރު ހަމްޕު އާއި ޝަހުމާގެ ކައިވެނީގެ ހަފްލާއާ ގިނަ ފުޓްބޯޅަ ކުޅުންތެރިން ދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ.

ދެމީހުން ރޭގައި ކައިވެނިކުރި އިރު ދެމީހުން ރަށްޓެހިވެފައި ވަނީ 2014 ވަނަ އަހަރުގަ އެވެ. ޝަހުމާ އަކީ ހދ. މަކުނުދޫއަށް އުފަން ޒުވާނެކެވެ.

އަންނަ މަހުގެ 13ގައި ފަށާ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެއިން ވާދަކުރާ 23 އަހަރުން ދަށުގެ ޓީމުގައި ވެސް ހަމްޕު ވަނީ ހިމެނިފަ އެވެ.

ގައުމީ ޓީމުގެ ސީނިއާ ސްކުއޮޑްގައި ވެސް ގަވާއިދުން ޖާގަ ހޯދަމުން ގެންދާ ހަމްޕު އަކީ ގައުމީ ޓީމަށް މުހިއްމު ކުޅުންތެރިއެކެވެ.

ފަސް އަހަރަށް ވުރެ ގިނަ ދުވަހު ނިއުރޭޑިއަންޓްސް ސްޕޯޓްސް ކްލަބަށް ކުޅެފައިވާ ހަމްޕު ވަނީ މި އަހަރުގެ ކުރީކޮޅު މާޒިޔާއަށް ސޮއިކޮށްފަ އެވެ.

comment ކޮމެންޓް