ލަންޑަން ބްރިޖްގައި މީހުންގެ ގަޔަށް ވަޅި ހަރަމުން ދިޔަ މީހަކު މަރާލައިފި

ލަންޑަން ބްރިޖްގައި ފޮރެންސިކް އޮފިސަރުން--- ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތުގެ ލަންޑަން ބްރިޖްގައި މީހުންގެ ގަޔަށް ވަޅި ހަރަމުން ދިޔަ މީހެއްގެ ގަޔަށް އެގައުމުގެ ސިފައިން ބަޑި ޖަހައި މަރާލައިފިއެވެ.

ލަންޑަންގެ މެޓްރޮޕޯލިއަން ފުލުހުން ބުނީ އެ ހާދިސާގައި ފިރިހެނަކު އެތަކެއް ބަޔަކަށް ވަޅިން ހަމަލާދިން ކަމަށެވެ.

ލަންޑަންގެ އެމްބިއުލެންސް ސާވިސްއިން ބުނީ ހަމަދާ ދިން ސަރަހައްދުގައި އެތައް ބަޔަކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އިނގިރޭސިވިލާރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެ ހާދިސާގައި ފުލުހުންނާއި އެމްބިއުލެންސް ސާވިސްއިން ދިން ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ.

ހާދިސާ ހިނގި ސަަރަހައްދާއި އެ ސަރަހައްދާ ކައިރީގައި ތިބި އިމާރާތްތައް މިހާރު އޮތީ ބަންދުވެސް ކޮށްފައެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކާ ހަވާލާދީ ބީބީސީއިން ބުނީ ހަމަލާދިން މީހާގެ ކިބައިން ރެކެން ވެގެން ދުވާ މަންޒަރު ފެންނަ ކަަމަށެވެ.

އެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި މިހާރު ވަނީ ބަލައިފައެވެ. އެ ހާދިސާގައި ވަޅި ހެރި މީހާގެ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

(ބީބީސީ)

comment ކޮމެންޓް