ގަދަ ވަޔާއެކު ސިފްކޯ ފްލެޓު އިމާރާތެއްގެ ބިއްގަނޑު ވެއްޓިއްޖެ

ހުޅުމާލޭގައި ހުންނަ ސިފްކޯ ހިޔާ ފްލެޓު އިމާރާތްތަކުގެ ތެރެއިން އިމާރާތެއް ބިއްގަނޑު ގަދަ ވަޔާއެކު ވެއްޓިފައި --- ފޮޓޯ/ އެމްއެންޑީއެފް

ގަދަ ވައިގެ ސަބަބުން ހުޅުމާލޭގައި ސިފައިންނަށް ހާއްސަކޮށްގެން އަޅާ "ސިފްކޯ" ފްލެޓްގެ ބިއްގަނޑު ވެއްޓިއްޖެ އެވެ.

ހުޅުމާލޭގައި ހަދަމުންދާ ސިފްކޯ ހިޔާ ފްލެޓުތަކުގެ ތެރެއިން "ޓަވަރު ބީ"ގެ މަގުމަތީ ފަޅީގެ ބިއްގަނޑު ވެއްޓިގެން އުޅޭކަން އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވަނީ ކަށަވަރުކޮށްދީފައެވެ.

މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށާއި، ހާދިސާ ހިނގި ގޮތް ބަލަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއަދުގެ ހަވީރުން ފެށިގެން މިރޭ މެންދަމު 1:30 އާ ހަމައަށް މެދުރާއްޖެތެރެއަށް ވައިޓް އެލާޓް ނެރެފައިވާ އިރު، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް