ރަތަފަންދޫގައި ހިންގި މާރާމާރީތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި

ގދ. ރަތަފަންދޫ --- ފޮޓޯ/ ރަތަފަންދޫ ސްޕޯޓްސް ކުލަބް

ގދ. ރަތަފަންދޫގައި ހިންގި މާރާމާރީތަކަކާ ގުޅިގެން ނުވަ ދިވެހި ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހުންތައް ހައްޔަރުކޮށްފައިވަނީ ދެ މާރީމާރީއެއްގެ މައްސަލައިގައި ކަމަށެވެ.

އެގޮތުން އެއް ހާދިސާއެއްގައ،ި ދެ މީހެއްގެ ދެމެދުގައި އިއްޔެ ހިނގި މާރާމާރީއަކާ ގުޅިގެން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ހަމަ އެރަށުގައި މިދޔަ އާދިއްތަ ދުވަހުގެ ރޭވެސް ވަނީ މާރާމާރީއެއް ހިނގައިފައެވެ. ގްރޫޕްތަކުގެ މެދުގައި ހިނގި އެ މާރާމާރީއާ ގުޅިގެން ޖުމްލަ އަށް މީހުން ހައްޔަރުކުރިކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި 20 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހަކާއި 23 އަހަރުގެ ދެ މީހެއްގެ އިތުރުން 24 އަހަރުގެ ދެ މީހަކާއި 26 އަހަރާއި 27 އަހަރުގެ މީހެއް ހިމެނެއެވެ.

ފުލުހުން ބުނީ އެ މައްސަލަތައް މިހާރު އިތުރަށް ތަހުގީގްކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް