ހެދުން ފުރޮޅުގައި އޮޅިގެން އެކްސިޑެންޓެއް ހިނގައިފި

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހައިވޭގައި ހިނގި އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 17:14 ހާއިރު ބްރިޖުގެ އެއާޕޯޓު ހިމެނޭ ހިސާބުން ސައިކަލަކުން ވެއްޓި ދެމީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

ސައިކަލު ވެއްޓުނީ ހުޅުމާލޭން މާލެއާ ވީކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން އަންހެނެއްގެ ހެދުން ފުރޮޅުގައި އަޅައިގެނެގެން ކަމަށް ފުލުހުން ބުނެއެވެ.

އެ އެކްސިޑެންޓުގައި އެ އަންހެން މީހާގެ އިތުރުން ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު އަނިޔާތަކަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

comment ކޮމެންޓް