ސްރީލަންކާގެ އާ ސަރުކާރުގެ ކެބިނެޓް އެކުލަވާލައި ބޮޑެތި މިނިސްޓްރީތައް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ހަވާލުކޮށްފި އެވެ.
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ މިއަދު އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ އިއްޔެއެވެ. އަދި ލަންކާގައި ދާދި ފަހުން ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވީ މަހިންދަގެ ކޮއްކޮ ގޯޓާބަޔަ ރާޖަޕަކްސައެވެ.
ލަންކާގައި ފުރަތަމަ އޭޕްރިލް 2004އިން ނޮވެމްބަރު 2005އަށް އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ޑިސެމްބަރު މަހަށް ބޮޑުވަޒީރުކަން ކުރެއްވި މަހިންދައަށް މިފަހަރު ހުވާލާ ދެއްވީ އެގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސައެވެ.
މަހިންދަ ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރީ، ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އަލަށް އެކުލަވާލި ކެބިނެޓްގައި މަހިންދައާ ހަވާލުކޮށްފައިވަނީ ތިން މިނިސްޓްރީއެކެވެ. އެއީ
- ފިނޭންސް، އިކޮނޮމިކް އެފެއާޒް އެންޑް ޕޮލިސީ ޑިވޮލޮޕްމަންޓް މިނިސްޓްރީ
- ބުދިސްޓް ރެލިޖަސް އެންޑް ކަލްޗަރަލް އެފެއާޒް މިނިސްޓްރީ
- އާބަން ޑިވޮލޮޕްމަންޓް، ވޯޓާ ސަޕްލައި އެންޑް ހައުސިން ފެސިލިޓީސް މިނިސްޓްރީ
އާ ކެބިނެޓްގައި ރައީސް ގޯޓާބަޔަ އަދި ބޮޑުވަޒީރު މަހިންދަ ބޭބޭފުޅު އަދި ކުރީގެ ޕާލަމެންޓް ސްޕީކަރ ޗަމަލް ރާޖަޕަކްސަވެސް ހިމެނިލައްވައެވެ. އާ ކެބިނެޓްގައި އޭނާ ދެ މިނިސްޓަރެެއްގެ މަގާމުވަނީ ހަވާލުކޮށްފައެވެ. އެ ދެ މިނިސްޓްރީއަކީ
- މަހަވެލި ޑިވެލޮޕްމަންޓް، އެގްރިކަލްޗާ ޑިވޮލޮޕްމަންޓް އެންޑް ރޫރަލް ޑިވޮލޮޕްމަންޓް މިނިސްޓްރީ
- އިންޓާނަލް ޓްރޭޑް، ފުްޑް ސެކިއުރިޓީ އެންޑް ކޮންޒިއުމާ ވެލްފެއާ މިނިސްޓްރީ
މީގެ އިތުރުން ޖަސްޓިސް އަދި ހިއުމަން ރައިޓްސް މިނިސްޓަރުކަމަށް އައްޔަނުކުރައްވާފައިވަނީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ސަރުކާރުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލަ ޑެސިލްވާއެވެ. ފޮރިން މިނިސްޓަރުކަމަށް އައްޔަނުކުރައްވާފައިވަނީ ދިނޭޝް ގުނަވަރުދަނަ އައްޔަނުކުރި އިރު، ޓޫރިޒަމް މިނިސްޓަރުކަން ދެއްވީ ޕްރަސަންނަ ރަނަތުންގައެވެ.
މިއަދު އައްޔަނުކުރި ސްރީލަންކާގެ ވަގުތީ ކެބިނެޓުގައި އެއްވެސް މުސްލިމު މިނިސްޓަރަކު ހިމަނާފައެއް ނުވެއެވެ.
ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މިއަދު ވިދާޅުވި ގޮތުގައި، އާ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުން އަންނަ ހޯމަ ދުވަހު އައްޔަނުކުރާނެއެވެ.