ސްޓެލްކޯގެ 10 މުވައްޒަފަކަށް ބޭސިކް ފައިބާ އޮޕްޓިކްއާ ގުޅޭ ތަމްރީންދީފި

ބޭސިކް ފައިބާ އޮޕްޓިކްއާ ގުޅޭ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު އަވުޝަން

ސްޓެލްކޯގެ 10 މުވައްޒަފަކަށް ބޭސިކް ފައިބާ އޮޕްޓިކްއާ ގުޅޭ ތަމްރީން ދީފިއެވެ.

އިއްޔެއާއި މިއަދު ކުރިއަށް ގެންދިޔަ އެ ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިންނަށް މިއަދު ވަނީ ސެޓްފިކެޓްދީފައެވެ.

އެ ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސްޓެލްކޯގެ އޮޑިޓޭރިއަމްގައެވެ. އެ ޓްރެއިނިން ޕްރޮގްރާމްގއި ކިޔަވައިދެއްވީ ޖަޕާނުގެ އިލެކްޓްރިކަލް ކުންފުނި ފުޖިކުރާގެ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.

އެ ޓްރެއިނިން ޕްރޮގްރާމްއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އޮޕްޓިކަލް ފައިބާ ޓްރެއިނިން ޕްރޮގްރާމްއަކީ އެ ކުންފުންޏަށް ވަރަށް މުހިންމު ތަމްރީންތަކެއް ކަމަށެވެ.

ބޭސިކް ފައިބާ އޮޕްޓިކްއާ ގުޅޭ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި މުވައްޒަފަކަށް ސެޓްފިކެޓް އަރުވަނީ-- ސަން ފޮޓޯ: އަހުމަދު އަވުޝަން

"ފުޖިކުރާ މިއީ މުޅި ދުނިޔޭގައިވެސް އޮޕްޓިކަލް ފައިބާ މެނުފެކްޗަރާއެއްގެ ގޮތުގައި ވަރަށް މަޝްހޫރު ވަރަށް ބޮޑު ކުންފުންޏެއް. ދެން ސްޓެލްކޯއިން މިކަން ހަގީގަތުގައި ކުރި ސަބަބަކީ ސްމާޓް ގްރިޑަކަށް ދިއުމާ ސްމާޓް މީޓަރަށް ދިއުމާ. ހަގީގަތުގައި މިކަންކަން އަޅުގަނޑުމެން ކުރާއިރުގައި ސަބްސްޓޭޝަންތައް ގުޅިގެން މިދަނީ ސްޓެލްކޯގެ މައި އޮފީހާ. މައި އޮފީހާ މި ގުޅެނީ އޮޕްޓިކަލް ފައިބާ ނެޓްވޯކްތަކެއް،" މުޣުނީ ވިދާޅުވިއެވެ.

އެހެންކަމުން އެކަމުގެ މެއިންޓަނަންސްތަކާ ކަނެކްޓް ކުރާނެގޮތާ ޓާމިނޭޝަން ހަދާނެގޮތްތަކަށް ވަކި ޓްރެއިނިނިން ހަދަން ބޭނުންވާނެކަމެއްކަން މުޣުނީ ފާހަގަކުރެއްވިއެވެ.

ބޭސިކް ފައިބާ އޮޕްޓިކްއާ ގުޅޭ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު އަވުޝަން

"އެހެން ވެގެން ޓްރެއިނިން ޕްރޮގްރާމް މި ކުންފުނީގައި ހިންގީ. މިއާއެއްކޮށް ލިބިގެންދާނެ ފައިދާއަކީ ނެޓްވޯކްގައި މައްސަލައެއް ޖެހިއްޖިއްޔާ އަޅުގަނޑުމެން މުވައްޒަފުންގެ ޓެކްނިކަލް ކެޕޭސިޓީ ހުންނާނެ އެ އަނެއްކާވެސް ގޮސް ރަނގަޅުކޮށްލުން. ދެން މިއީ ހަގީގަތުގައި ވަރަށް މުހިންމުކަމެއް،" މުޣުނީ ވިދާޅުވިއެވެ.

comment ކޮމެންޓް