މަރުގެ އިންޒާރުދީ ކުރި ކޮމެންޓެއްގެ އައިޕީ އެޑްރެސް ހޯދަން އަމުރެއް

ކުރިމިނަލް ކޯޓު---ސަން ފޮޓޯ: މުހައްމަދު އަފްރާހް

"ވަގުތު" ނޫހުގައި ޝާއިއުކޮށްފައިވާ ކޮމެންޓެއްގައި މީހަކަށް މަރުގެ އިންޒާރުދީފައި ވާތީ، އެ ކޮމެންޓުގެ އައިޕީ އެޑްރެސް ހޯދަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.

އެ އަމުރު ނެރެދީފައި ވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ. ފުލުހުން ބުނީ މިހާރު އެ ކޮމެންޓުގެ އައިޕީ އެޑްރެސް ހޯދަން ކޯޓު އަމުރަކާއެކު ފުލުހުން ވަގުތު ނޫހުގައި އެދިފައިވާނެ ކަމަށެވެ.

ވަގުތު ނޫހުގައި ބުނެފައި ވަނީ މިހާރު އެ އަމުރު ފުލުހުން ހަވާލުކޮށްފައިވާ ކަމަށާއި ކޮމެންޓް ކުރި ފަރާތުގެ އައިޕީ އެޑްރެހާއި، އެ އައިޑީ އާއި ބެހޭ އެންމެހާ މައުލޫމާތު ކޯޓު އަމުރު ލިބޭތާ 48 ގަޑިއިރު ތެރޭގައި ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކޯޓުން އަމުރެއް ނެރެފައި ވަނީ ނޮވެމްބަރު 20 ވަނަ ދުވަހު އެ ނޫހުގައި "ސަލަފް ޖަމާއަތުން ޓެރަރިޒަމަށް ހިތްވަރުދޭ، އެ ޖަމާއަތާއި މެދު ގޮތެއް ނިންމާނެ - ނަޝީދު" މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރަކަށް ކޮށްފައިވާ ކޮމެންޓަކާ ގުޅިގެންނެވެ.

އެ ހަބަރަށް ކޮށްފައިވާ ކޮމެންޓުތަކަށް ބަލާއިރު، ބޮޑަށް ލަފާކުރެވެނީ މި އަމުރު ފުލުހުން ހޯދާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލޭ އޮހޮރުވަން ގޮވާލައި "ހައްގު ބަސް" ގެ ނަމުގައި މީހަކު ކޮށްފައިވާ ކޮމެންޓާ ގުޅިގެން ކަމަށެވެ.

comment ކޮމެންޓް