މަންދޫން ގެއްލުނު މީހާ ފެނިއްޖެ

އދ. މަންދޫ: ފައިލް ފޮޓޯ

އދ. މަންދޫން ގެއްލިގެން ރޭ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަންދޫ އިން ގެއްލުނު އުމުރުން ދުވަސްވީ މީހާ، ހޯދަމުން ދަނިކޮށް ރޭ 23:30 އެހާކަންހާއިރު ފެނިފައިވާ ކަމަށާއި އޭނާ ފެނުނީ އެރަށު ވަލު ސަރަހައްދުން ކަމަށެވެ.

އޭނާ ފެނުނު އިރު ހުރީ ގަދަވެ ސަލާމަތުން ކަމަށާއި އޭނާގެ ހެލްތު ޗެކަޕެއް ހެދުމަށް ހެލްތު ޕޯސްޓަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަންދޫން ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 83 އަހަރުގެ ފިރިހެނެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ އިޝާނަމާދަށް ފަހު ވީނުވީއެއް ނޭނގުމުގެ ސަބަބުންނެވެ.

އޭނާ ހޯދުމުގެ މަސައްކަތަށް ފުލުހުންގެ ޓީމެއް މަންދޫ އަށް ދިޔައެވެ.

comment ކޮމެންޓް