ބޮލީވުޑްގެ ކާމިޔާބު ބަތަލު ޖޯން އަބްރަހަމްގެ ކުރިއަށް އޮތް އެކްޝަން ފިލްމު "އެޓޭކް" އަށް ބަތަލާ ރަކުލް ޕްރީތް ސިންހްވެސް ގުޅިއްޖެއެވެ.
ރަކުލް މި ފިލްމުގެ ކާސްޓާ ގުޅުނުއިރު މިދިޔަ އޮކްޓޯބަރު މަހު ބަތަލާ ޖެކަލީންވެސް ވަނީ މި ފިލްމުގެ ކާސްޓާ ގުޅިފައެވެ. ރަކުލް އެ ފިލްމުގެ ރޯލަކަށް މިހާރު ސޮއިކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ.
ފިލްމުގެ ޝޫޓިން ފަށާނީ އަންނަ ޖަނަވަރީ މަހުކަމަށް ޚަބަރުތައް ބުނެއެވެ.
ރަކުލް އެންމެ ފަހުން ފެނިގެންދިޔައީ ބޮލީވުޑްގެ ބަތަލު ސިދާތް މަލްހަތްރާ އާއެކު ފިލްމު "މަރުޖާވާ"އިންނެވެ.
ބަތަލާ ޖެކަލީން ވަނީ މީގެ ކުރިންވެސް ޖޯން އަބްރަހަމް އާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި "ރޭސް 2"، "ދިޝޫމް" އަދި "ހައުސްފުލް 2" ހިމެނެއެވެ.
އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގައެވެ. ޖޯން އެންމެފަހުން ފެނިގެން ގޮސްފައިވަނީ "ބަޓްލާ ހައުސް" އިންނެވެ.