ޝާހިދުގެ "ޖާޒީ" އަށް މުރްނާލް ސޮއިކޮށްފި

ބަތަލާ މުރްނާލް---

ކާމިޔާބު ތެލުގޫ ފިލްމު "ޖާޒީ" ރީމޭކަށް މުރްނާލް ތާކޫރް 27، ހަމަޖައްސައިފިއެވެ.

ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހިދު ކަޕޫރު ފިރިހެން ލީޑުން ފެނިގެންދާ އެ ފިލްމުގެ އަންހެން ބަތަލާ ރޯޅު ކުޅުމަށް މިހާރު މުރްނާލް ވަނީ ސޮއިކޮށްފައެވެ.

މުރްނާލް ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދި ޓީވީ ސީރީޒްތަކުންނެވެ. އޭނާ އެ ފިލްމަށް ސޮއިކުރުމަށްފަހު ބުނީ މިކަހަލަ ފުރުސަތެއް ލިބުމުން އުފާވާކަމަށާއި އަދި ޝާހިދު އާއެކު މަސައްކަތްކޮށްލަން ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

"އެ ފިލްމަކީ އަހަރެން ވަރަށް ގަޔާވާ ކަމުދާ ފިލްމެއް. އެ ފިލްމު ބެލިއިރު ވެސް ހިތަށް އެރި މިކަހަލަ ފިލްމެއް ކުޅެލަން ލިބޭނެނަމައޭ. އެހެން ހުއްޓާ ޝާހިދު އާއެކު މިކަހަލަ މި ފުރުސަތެއް ލިބުނީ. ވަރަށް ކެތްމަދުވެފައި މިހުރީ،"

ފިލްމު ޑައިރެކްޓްކުރާނީ އަސްލު ފިލްމު ޑައިރެކްޓްކުރި ގޯތަމް އެވެ. ޖާޒީ އަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގެ ތެލުގޫ ވާޝަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް