އިޓަލީ، ސްޕެއިން އަދި ސްވިޒަލެންޑަށް ބޮޑު މޮޅެއް

ޔޫރޯ ކޮލިފައިންގައި ރޭ ރޯމޭނިއާއާއި ސްޕެއިން ބައްދަލު ކުރި މެޗުގައި ސްޕެއިނުން ގޯލު ޖެހުމަށް ފަހު --- ފޮޓޯ// ޕެޓްރިކް ރިޖް

މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުގައި އިޓަލީ، ސްޕެއިން އަދި ސްވިޒަލެންޑު ތަފާތު ބޮޑެތި ނަތީޖާތަކަކުން މޮޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ވޯލްޑްކަޕުން ޖާގަ ނުލިބި ދިޔަ އިޓަލީން ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު ރޭ ކުޅުނު މެޗުން ވެސް އެ ޓީމު ވަނީ ތަފާތު ބޮޑު ނަތީޖާއެއް ނެރެފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި އާރްމޭނިއާ އަތުން އެ ޓީމު ކުރި ހޯދީ 1-9 ގެ ނަތީޖާއަކުންނެވެ. މިއީ ފަހުގެ ތާރީހުގައި އިޓަލީން ހޯދި އެންމެ ބޮޑު މޮޅެވެ.

ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް އިޓަލީން ޔޫރޯގެ ޖާގައެއް ކަށަަވަރު ކޮށްފައި ވަނީ 10 މެޗު ކުޅެގެން ހޯދި 30 ޕޮއިންޓުންނެވެ. ގުރޫޕް ތާވަލުގެ ޖޭ އިން ދެވަނައަށް ގޮސްފައި ވަނީ ފިންލޭންޑެވެ.

ރޭގެ މެޗު ފެށިގެން 10 މިނެޓުގެ ތެރޭގައި އިޓަލީން ވަނީ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލު އަށް ވަނަ މިނަޓުގައި ޗީރޯ އިމޯބިލޭ ޖެހި އިރު ޖެހިގެން އައި މިނަޓުގައި ނިކޮލަ ޒަނިއޯލޯ ވަނީ ގޯލު ޖަހައިފަ އެވެ. މި ދެ ކުޅުންތެރިން ވެސް ރޭގެ މެޗުގައި ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފަ އެވެ. އަނެއް ފަސް ގޯލް ޖެހީ ނިކޯލޯ ބަރެއްލާ، އަލެސިއޯ ރޮމަނޯލީ، ޖޯޖީނިއޯ، ރިކާޑޯ އޮރްސޮލީނީ އަދި ފެޑެރީކޯ ޗިއޭސާ އެވެ. އާރްމީނިއާގެ ހަމައެކަނި ގޯލު ޖެހީ އެޑްގާ ބަބަޔާން އެވެ.

ގުރޫޕް އެފްގެ އެއްވަނައިގެ ގޮތުގައި ސްޕެއިން ޔޫރޯއަށް ކޮލިފައިވެފައިވާ އިރު ރޭ އެ ޓީމުން ކުޅުނު ފަހު މެޗުގައި ވެސް ރޯމޭނިއާ ކޮޅަށް ވަނީ ފަސް ގޯލު ޖަހައިފަ އެވެ. މީގެ ކުރުން ޖެހިޖެހިގެން ދެ ޔޫރޯ ކާމިޔާބު ކުރި ސްޕެއިން އަކީ އަންނަ ޔޫރޯގެ ވެސް ފެވަރިޓެކެވެ.

ރޭގެ މެޗުގައި އެ ޓީމުން ޖެހި ގޯލުތައް ކާމިޔާބުކޮށްދިނީ ފެބިއަންއާއި ޖެރާޑް މޮރޭނޯގެ އިތުރުން މިކެލް އޮޔަރޒަބަލް އެވެ. މޮރޭނޯ އެ މެޗުގައި ދެ ގޯލު ޖެހި އިރު ރޯމޭނިއާ ކުޅުންތެރިއްގެ ގައިގައި ޖެހި ބައިކޮޅަށް ވެސް އެއް ގޯލު ވަދެފައިވެ އެވެ.

މީގެ އިތުރުން ގުރޫޕް ޑީގެ ފަހު މެޗުގައި ރޭ ސްވިޒަލެންޑުން ޖިބްރަލްޓާގެ މައްޗަށް ކުރި ހޯދީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ސްވިޒަލެންޑް އަންނަނީ ފަހުގެ ތާރީހުތަކުގައި އުންމީދީ ކުޅުމެއް ދައްކައި ބޮޑެތި ޓީމުތައް އަތުން ވެސް މޮޅު ހޯދަމުންނެވެ.

comment ކޮމެންޓް