ތިމަރަފުށީގައި 100 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަނީ

ތ. ތިމަރަފުށި

ތ. ތިމަރަފުށީގައި 100 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން މިއަދު ކުރި އިއުލާނުގައި ބުނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ތިމަރަފުށީގައި އަޅާ 100 ހައުސިން ޔުނިޓުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑު އުސޫލުން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކުރާ ކަމަށެވެ.

މި މަސައްކަތަށް ބިޑުކުރުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ވަނީ ހުޅުވާލަައިފައެވެ. ބީލަމުގައި ބައިވެރިވުމަށް 100 ޑޮލަރު (1،500 ރުފިޔާ)ގެ ނޮން ރިފަންޑަބްލް ފީއެއް ދައްކަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ ގޮތުގައި 350،000 ރުފިޔާ ނުވަތަ އެއާ އެއް އަދަދަކަށް ޔޫއެސް ޑޮލަރު ހުށަހަޅަން ޖެހެއެވެ.

ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ތިމަރަފުށީގައި 100 ހައުސިން ޔުނިޓު އެޅުމަށް އަންނަ އަހަރަސް ލަފާކުރަ ބަޖެޓުގައު 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

comment ކޮމެންޓް