މެލޭޝިއާގެ އެއްވަނަ: ހިޕްސްޓަރ ޕޮމޭޑް ރާއްޖެއިން

ހިޕްސްޓާ ޕޮމޭޑްގެ ބްރޭންޑް އެމްބެސެޑާ ފިޓް ފާޒިލް--- ފޮޓޯ: އެލީޒް

އައްޑިހައިގެ ކުރީކޮޅުގައި ތައާރަފްވެ، އެތައް ބައެއްގެ މަގްބޫލްކަން ހޯދި ޕޮމޭޑްތަކުގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ އޭރު ކުއްލިއަކަށް މަޝްހޫރުވެ، ވައިގެ ހިފައިފައި ދެން މަޑުމަޑުން "ގެއްލިގެން" ދިޔަ ބޮލުގައިލާ އެ ބާވަތް ބައެއް މީހުންނަށް ނޭނގުމަކީ ފަހަރެއްގައި އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް ރާއްޖެއަށް މި ނަން ވެގެންދާނީ މުޅިން އާ ނަމަކަށެވެ.

ހިޕްސްޓަރ ޕޮމޭޑްގެ ކުރު ތައާރަފްއެއް ދެން ހެއްޔެވެ؟

ހިޕްސްޓާ ޕޮމޭޑްއަކީ އަޅުގަނޑުމެން ބޮލުގައިލާ ތެޔޮ، ކްރީމް، ވެކްސް ނުވަތަ ޖެލްގޮތަށް އިސްތަށިގަނޑު ސްޓައިލް ކުރުމަށް ބޭނުންކުރާ ވަކި ބާވަތަކަށް ކިޔާ ނަމެކެވެ. މެލޭޝިއާގެ ގިނަ ބައެއްގެ މެދުގައި މިހާރު މަގުބޫލް ހިޕްސްޓަރ ޕޮމޭޑްއަކީ އެގައުމުގެ ހެލްތު މިނިސްޓްރީން ބަލާ މިންގަނޑުތަކުން ބަލައި ފާސްކޮށް އިސްތަށިގަނޑަށް ގެއްލުން ވާނޭ ފަދަ އެއްވެސް މާއްދާ އެކުލެވިގެން ނުވާކަން ކަށަވަރު ކޮށްދޭ ސެޓްފިކެޓަކާ އެކު ބާޒާރަށް ނެރެފައިވާ ޕްރަޑަކްޓެކެވެ. އަދި ދީނީ ނަޒަރުން ވިސްނާ، ދީނަށް އަހައްމިއްޔަތުކަމެއްދީ މި ޕްރޮޑަކްޓް އުފައްދާފައި ވަނީ ޙަލާލު ސެޓްފިކެޓަކާ ވެސް އެކު އެވެ. އެހެންކަމުން މި ޕޮރަޑަކްޓް އުފެއްދުމުގައި ދީނީ ގޮތުން ފުށޫ އަރާ ފަދަ އެއްވެސް މާއްދާއެއް ބޭނުން ކުރެވިފައެއް ނުވެ އެވެ.

ހިޕްސްޓަރ ޕޮމޭޑް ތަފާތު ވަނީ ކީއްވެގެންކަން ބުނެދެން ހެއްޔެވެ؟

ދިވެހި ޒުވާނުންގެ ތެރޭގައި އެންމެ މަޝްހޫރު މޮޑެލް ކަމުގައިވާ ފިޓްފާޒިލް ބްރޭންޑް އެންބަސަޑަރު އެއްގެ ގޮތުން ކަނޑަ އަޅައިފަވާ ހިޕްސަޓަރ ޕޮމޭޑްއަކީ އިސްތަށިގަނޑުގެ ގުދުރަތީ ރީތިކަމާއި އޮފުކަން ބަހައްޓަން ބޭނުންވާ މީހުންނަނަށް ހާއްސަ ޕްރޮޑަކްޓަކަށް ވާނެކަން ކަށަވަރެވެ. ތަފާތު ޕޮރަޑަކްސް އިސްތަށިގަނޑުގައި ލައިގެން އަބަދު ވެސް އިސްތަށި ފައިބާތީ ކަންބޮޑުވާ މީހުންނަށް ވެސް ބުނާނީ ހަމަ މިހެންނެވެ. ހިޕްސްޓަރ ޕޮމޭޑްގައި އިސްތަށިގަނޑަށް ގެއްލުންވާ އެއްވެސް މާއްދާއެއް ނުވަތަ ކެމިކަލެއް ނުހިމެނެ އެވެ. ހިޕްސްޓަރ ޕޮމޭޑް ބޮލުގައި ލައިގެން ބޮލުން އިސްތަށި ނުފައިބާނެކަން ހަމަ ޔަގީނެވެ. އެހެން ނަމަވެސް ހިޕްސްޓަރ ޕޮމޭޑްއަކީ އިސްތަށިގަނޑުގެ ކާނާއެއް ނޫނެވެ. ކުރިން ވެސް ބުނި ފަދައިން، މިއީ ސްޓްއިލިން ޕްރޮޑަކްޓެކެވެ.

ހިޕްސްޓާ ޕޮމޭޑްގެ ބްރޭންޑް އެމްބެސެޑާ ފިޓް ފާޒިލް އަދި ހިޕްސްޓާ ޕޮމޭޑްގެ ސޭލްސް މެނޭޖަރު އަބްދުﷲ މުޚްލިސް އާމިރު--- ފޮޓޯ: އާޓްލެބް

ޒުވާން ޓީމެއްކަމުގައިވާ އާޓްލެބް ޕްރައިވެޓް ލިމިޓެޑްއިން މާކެޓް ކުރާ ހިޕްސްޓާ ޕޮމޭޑްގެ ހަތް ވައްތަރެއް މިވަގުތު ރާއްޖެއިން ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ސްޕްރީމް ރެޑް، ބްލޫ، ހީރޯ އައިސް މެންޓޯލް ހިމެނެ އެވެ. ފްލޭވާއަށް ބަލާލާއިރު ތިން ފްލޭވާ ހިމެނެ އެވެ. އެއީ މިކްސްބެރީ އެޕަލް އަދި ގްރޭޕްސް އެވެ.

ހިޕްސްޓަރ ޕޮމޭޑްގެ ހުރިހާ ވައްތަރަކުން ވެސް އިސްތަށިގަނޑު ސްޓައިކްކޮށް ހޯލްޑް ކޮށްލެވޭނެ އެވެ. އެކަމަކު ވެކްސްގޮތަށް އިސްތަށިގަނޑު ހަރު ދަނގަނޑު އަރާފައެއް ނުހުންނާނެ އެވެ. ބޮލަށް ފުސްކަމެއް އަރާ ހަރުކަމުންގޮސް އިސްތަށިތަކުގެ ބުޑަށް ތަދުވާތީ އުޅޭކަށް ނުޖެހޭނެ އެވެ.

"މި އެއްޗަކީ ޕިޔޯ ވޯޓާ ބޭސްޑް އެއްޗެއް މާނައަކީ ކޮންމެވެސް ވަރަކަށް އިސްތަށިގަނޑުގައި ތެއްކަން ހުންނަންވާނެއޭ. ހުރިހާ އެއްޗަކުން ވެސް ހަރުވާނީ ދާދި އެއްވަރަކަށް، އިސްތަށިގަނޑު ހަރުވުން ގުޅިފައި ވަނީ ޕޮމޯޑު އުނގުޅާމިންވަރާއި ބޮލުގެ ތެތްކަން ހުންނަވަރަށް. ދެން ހުންނާނެ އިސްތަށީގެ ވައްތަރުތަކަށް ބަލާފައި ލާން ގެންގުޅޭ ވައްތަރުތައް. އާންމުކޮށް ލާން ފެށީމަ އަންޑަސްޓޭންޑްވާނެ. ބޯއެއްކޮށް ހިއްކާފައި ވެސް ޕޮމޭޑް އުނގުޅިދާނެ. ދެގޮތަށް އުނގުޅުމުން ތަފާތު ފާހަގަ ވާނެ. މުހިންމު ކަމަކީ ޕޮމޭޑް ކޮޅެއް އަތަށް ނަގާ ގޮތަށް ބޮލުގައި ނޫންގުޅައި ފުރަތަމަ ދެ އަތްތިލަގައި އުނގުޅާ އަތަށް މަޑު ހޫނެއް އަރާ ވަރަށް އުނގުޅާލާފައި ބޮލުގައި ހާކާލުން. ރަނގަޅަށް ބޭނުން ކުރާ ކަމުގައިވާ ނަމަ އެހެން ޕޮރޮޑަކްޓް ބޮލުގައި އުނގުޅުމުން އަތްތިލައަށް އަންނަ ތެތްކަމެއް ހިޕްސްޓަރ ޕޮމޭޑްގައި ނުހުންނަކަން. އޭގެ ބަދަލުގައި ދުވާނީ މީރުވަހެއް،" އާޓްލެބްގެ މާކެޓިން މެނޭޖަރ ހިޕްސްޓަރ ޕޮމޭޑު ބޭނުން ކުރާގޮތް ކިޔާދެމުން ވިދާޅުވި އެވެ.

ހިޕްސްޓާ ޕޮމޭޑް--- ފޮޓޯ: އާޓްލެބް

އަށާރަ ގަޑިރުވަންދެން އަސަރު ހުންނަ ހިޕްސްޓަރ ޕޮމޭޑުން ސްޓައިލް ކޮށްފައި ހުޓާ އިސްތަށިގަނޑު ހަޑިވުމަކުން އަދި ހާސްވާކަށް ނުޖެހެ އެވެ. އަތުގައި ފެންފޮދެއް ލާފައި އަނެއްކާ ވެސް އިސްތަށިގަނޑު ކުރިން ހުރި ގޮތަށް ރީ-ސްޓައިލް ކޮށްލަންވީ އެވެ.

ހިޕްސްޓަރ ޕޮމޭޑްގެ ވަސް އެންމެނަށް ވެސް ކަމުދޭ!

އާންމުކޮށް ސައިކަލްގައި ލޯބިވެރިޔާއާ އެކު ފިނިބުރު ޖަހަން ނިކުމެ އުޅޭއިރު ނުވަތަ ބޭރު ތެތެރޭގައި އެހެނިހެން ކަންކަމުގައި އުޅޭ އިރު ބޮލުގައި ލައިފައި ހުންނަ އެއްޗެއްގެ ވަހާހެދި އުނދަގޫވާ ގޮތްވެ އެވެ. ނަމަވެސް އުފާކުރަންވީ ކަމަކީ ހިޕްސްޓަރ ޕޮމޭޑްގައި މެދު ކެނޑުމެއްނެތި ވަސްބަލާލަން ބޭނުންވާ ފަދަ ވަހެއްހުރުމެވެ. "ބައެއް މީހުން ވަސް ބަލާލާފައި އެބަބުނޭ ކާލާ ހިތް ވެޔޭވެސް" ހިޕްސްޓަރ ޕޮމޭޑްގެ މާކެޓިންގް މެނޭޖަރ ޖިހާދު ވިދާޅުވި އެވެ.

ހިޕްސްޓަރ ޕޮމޭޑްއަކީ ޕްރިމިއަމް ކުއަލިޓީ ޕްރޮޑަކްޓެވެ. ރަނގަޅު ފެންވަރެއްގައި ޕެކްކުރެވިފައިވާ ރީތި ޑިސައިނެއްގެ ދަޅެކެވެ. ހިޕްސްޓަރ ޕޮމޭޑް މިހާރު ރާއްޖޭގެ މާކެޓުން ލިބޭނެ އެވެ. ކޮލެޓީއާ މެދު ޝައްކުކުރާނެ ޖާގައެއް ނޯންނާނެ އެވެ. ރީތިވާ ސާމާނުގެ އިތުރުން ހާއްސަކޮށް ދުނިޔޭގެ ނަން މައްޝްހޫރު ބްރޭންޑްތަކުގެ ސެންޓް ރާއްޖޭގައި އެންމެ ފުޅާކޮށް ވިއްކާ ލެކިއުޓުން ވެސް މިހާރު ހިޕްސްޓަރ ޕޮމޭޑް ލިބެން ހުންނާނެ އެވެ. އޭގެ އިތުރުން ބިއުޓިކް ސިފްކޯ، ކެރެޓް ޕްލާޒާ، ހުޅުމާލެއިން ޒައިލިން ބިއުޓީ، ނ. މަނަދޫ، ގއ. ވިލިނގިލިން ލިބެން ހުންނާނެއެވެ. ހޯލްސޭލްކޮށް ހިޕްސްޓަރ ޕޮމޭޑްގެ ހޮޓްލައިންނަށް ގުޅައިގެންނާއި ބާޒާރު ރެޔޮން ފިހާރައިން(ނޯތު ހާބަރު ކުރިމަތި) ލިބެން ހުންނާނެ އެވެ. ކުރިއަށް އޮތް ހަފްތާތެރޭގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރު ފިހާރަތަކާއި، ރާއްޖޭގެ ގިނަ ރަށްތަކުން ހިޕްސްޓަރ ޕޮމޭޑް ގަންނަން ލިބޭނެ އެވެ.

comment ކޮމެންޓް