ސަފު ހަދާފައި ބެރު ދުންމާރީގައި މުޅި މަޖިލިސް މެޗު ބަލަން!

މަޖިލިސް ރައީސް އާއި މެންބަރުން މެޗް ބަލަން ވަޑައިގަންނަވަނީ -- ފޮޓޯ/ މަޖިލިސް

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިއަދު ހަވީރު ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބަލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނޑަށް ގޮސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގައުމީ ޓީމަށް ލަފާދޭ ކޮމިޓީއިންނާއި އެފްއޭއެމްއިން ވަނީ ޖާޒީތަކާއި ޓިކެޓުތައް ހަދިޔާކޮށްފައެވެ. އެ ޖާޒީތައް ތުރުކުރައްވައިގެން މަޖިލީހުގެ މެމްބަރުން މިހާރު ތިބީ މެޗު ބަލަން ދަނޑަށް ގޮހެވެ.

މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި، ހުރިހާ މެމްބަރުން ފުރަތަމަ އެއްވީ މަޖިލީހުގެ އިދާރާގެ ތެރޭގައެވެ. އެއަށް ފަހު ތައްޔާރީތައްވެ، ބެރު ދުންމާރި ހިފައިގެން ހުރިހާ އެންމެން ސަފު ހަދާފައި ހިނގާފައި ދަނޑަށް ދިޔައީއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ދަނޑަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެއެވެ. އެމަނިކުފާނު ބެރެއް ހިފައިގެން ހުރި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މަޖިލިސް މެމްބަރުން ދަނޑަށް ވަޑައިގެންނެވި އިރު އެމަނިކުފާނު ހުންނެވީ އެންމެ ކުރީގައެވެ.

މަޖިލިސް މެމްބަރުން ދަނޑަށް ވަޑައިގެންފައިވާ އިރު މިއަދުގެ މެޗަށް ސަޕޯޓަރުން ގިނަ ކުރަން ކަމާ ބެހޭ ފަރާތްތަކުން ވަނީ ކެމްޕޭނުވެސް ކޮށްފައެވެ.

މިއަދުގެ މެޗަށް ދޫކޮށްފައި ވަނީ 3000އެއްހާ ޓިކެޓެވެ. އެއީ ދަނޑުގެ ސިޑިބަރިތަކުގައި ރެނދު ލާފައި ހުރުމުން، އެ ފަޅި ދޫކޮށްފައި ނުވެއެވެ.

comment ކޮމެންޓް