ލަފާކުރި ވަރަށް ވުރެ ޑިވިޑެންޑުން ލިބުނު އާމްދަނީ އިތުރުވެއްޖެ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެފައިދާއިން ދައުލަތަށް ލިބުނު ޑިވިޑެންޑް ލަފާކުރި މިންވަރަށް ވުރެ އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރި ދައުލަތުގެ އާމްދަނީ އާއި ހަރަދުތަކުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައި ވަނީ 874 މިލިއަން ރުފިޔާ އެވެ.

ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ދައުލަތަށް ވަނީ 1،407.3 މިލިއަން ރުފިޔާ ލިބިފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 1.3 ބިލިއަން ރުފިޔާ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ލިބޭ ޑިވިޑެންޑު އިތުރުވެފައި ވަނީ ކުންފުނިތަކަށް ލިބޭ އާމްދަނީ އިތުރުވެ، ކެޝްފްލޯ ރަނގަޅު ވުމުންނެވެ.

comment ކޮމެންޓް