ސަލާމަތީ ފިޔަވަޅު ނާޅާ ހަދަމުންދިޔަ އިމާރާތެއްގައި މަސައްކަތްކުރަމުން ދިޔަ މވެއްޓި އަނިޔާވެއްޖެ އެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ އެ މީހާ ވެއްޓިފައިވަނީ، ހުޅުމާލޭގައި އެންޒާ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑުން ހަދަމުން ދިޔަ އިމާރާތުގެ ދެވަނަ ފަންގިފިލާ އިންނެވެ.
ފުލުހުން މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 5:35 ގައެވެ.
ފުލުހުން ބުނީ، އޭނާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ކަނާތު ފަރާތު ކޮނޑުމަތީގެ ކަށިތަކާއި މޭމަތީގެ ކަށިތައް ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އެކި ވަރުގެ އަނިޔާ އެމީހާއަށް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
"މިހާތަނަށް ބެލި ބެލުމުން މި މީހާ ވެއްޓިފައިވަނީ އިާރާތުގެ ސޭފްޓީ ނެޓް އުސްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ސޭފްޓީ ބެލްޓް ނާޅާ ހުރުމުގެ ސަބަބުން،" ފުލުހުން ބުންޏެވެ.