މަޖާ ރޯލްތަކުން ފެނުނު އައިސްތު ނިޔާވެއްޖެ

އައިޝަތު ރަޝީދާ، 60 --- ފޮޓޯ : އަލްޖަޒީރާ

މަޖާ އިޝްތިހާރުތަކުންނާއި ދިވެހި ޑްރާމާތަކުން ދިވެހީންގެ ލޯބި ހޯދާފައިވާ އައިޝަތު ރަޝީދާ (އައިސްތު)، 60، ނިޔާވެއްޖެ އެވެ.

އޭނާގެ އާއިލާއިން ބުނި ގޮތުގައި އައިސްތު ނިޔާވީ، ބޭސްފަރުވާއަށް ޓްރެވިންޑްރަމްއަށް ގޮސް ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން އެވެ.

އޭނާ މަޝްހޫރު ވެފައި ވަނީ، ދިއްދޫ އައިސްތުގެ ނަމުން އެވެ. އަދި ފިލްމް ކުޅުމުގެ އިތުރަށް އޭނާ އަކީ، ވިލިމާލޭގައި ގާޑިޔަލުގެ ވިޔަފާރިވެސް ކުރަމުން ދިޔަ މީހެކެވެ.

އައިސްތު ފެނިގެންދާ އިޝްތިހާރުތައް ދިވެހިންގެ ތެރޭގައި ވަރަށް ހިނގި އެވެ. އެގޮތުން "އޮރިއެންޓް ފަންކާ" އިޝްތިހާރަކީ މިއަދާ ހަމައަށްވެސް ގިނަ ބައެއްގެ މެދުގައ މަގުބޫލް ހަނދާނުން ފިލުވާލަން ދަތި އިޝްތިހާރު ތަކެކެވެ.

އިޝްތިހާރުތަކުގެ އިތުރުން ބައެއް ޑްރާމާތަކުގައިވެސް އައިސްތު ވަނީ ފެނިގެން ގޮސްފައެވެ. ދިވެހި ސީރީޒް "ހިނިތުން ވެލާށެ ކަލާ" އާއި ދިރިއުޅަކީ މީއީބާގައިވެސް އޭނާ ހަރަކާތްތެރިވި އެވެ.

ވިލިމާލޭގައި ދިރިއުޅެމުން ގެންދިޔަ އައިސްތު އަކީ ހިތްހެޔޮ އަދި ހަގީގަތުގައިވެސް މަޖާ މިޒާޖެއްގެ މީހެއްގެ އިތުރުން ރަށްޓެހިން ސިފަކުރާ ގޮތުގައި އޭނާއަކީ ވަރަށް އެކުވެރި ހެޔޮ މީހެކެވެ.

comment ކޮމެންޓް