ބިގް ބޮސް: ވައިލްޑް ކާޑު މެދުވެރިކޮށް ވިޝާލަށް ފުރުސަތެއް

ވިޝާލް އަދިތިޔާ ސިންހް---

ކަލާސް ޗެނަލުން ގެނެސްދޭ މުނިފޫހިފިލުވުމުގެ ޝޯ "ބިގް ބޮސް 13" މިހާރު ފަށައިގެން ކުރިއަށްދާއިރު ވައިލްޑް ކާޑް މެދުވެރިކޮށް ވިޝާލް އަދިތިޔާ ސިންހް އަށް ފުރުސަތެއް ދީފި އެވެ.

މި ހަފުތާގެ އެޕިސޯޑްގައި ބެލުންތެރިންގެ އެންމެ މަދު ވޯޓް ލިބިގެން ގެއިން ބޭރުކޮށްލީ ޕޮލިޓިކަލް އެނިލިސްޓް ތަހްސީން ޕޫނަވާލާ އެވެ. އޭނާ ގެއިން ބޭރުކޮށްލުމަށްފަހު އާދިއްތަ ދުވަހުގެ ރޭ ވަނީ އެ ޝޯއިން ވިޝާލަށް ފުރުސަތު ދީފަ އެވެ.

ވިޝާލް އަކީ ސްޓާޕްލަސް އިން ގެނެސްދިން "ނަޗް ބަލިޔޭ 9"ގެ ތިން ވަނަ ހޯދި ތަރި އެވެ. ވިޝާލް އެ ޝޯ އާ ގުޅުމަށްފަހު ގުޅުނީ ޕާރަސް ޗާބްރާ އިސްކޮށް ހުންނަ ކެމްޕާ އެވެ.

މިއީ ތިން މަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޝޯ އެކެވެ.

"ބިގް ބޮސް"ގެ ޝޯ އެއް ފުރަތަމަ ގެނެސްދީފައި ވަނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ.

comment ކޮމެންޓް