ޕީޕަލްސް ޗޮއިސް އެވޯޑްގެ އެންމެ މޮޅު ފިލްމަކީ އެންޑްގޭމް

އެވެންުޖާސް އެންޑް ގޭމް ގެ ޕޯސްޓަރެއް

އީ! އޮންލައިން އިން ދެމުން އަންނަ ޕީޕަލްސް ޗޮއިސް އެވޯޑުގެ އެންމެ މޮޅު ފިލްމުގެ އެވޯޑު، މާވެލްގެ އެވެންޖާސް ސީރީޒްގެ ފަހު ފިލްމު "އެންޑްގޭމް" އަށް ލިބިއްޖެ އެވެ.

މިއަހަރުގެ ޕީޕަލްސް ޗޮއިސް އެވޯޑުގެ އެންމެ މޮޅު ފިލްމުގެ އެވޯޑު އެންޑްގޭމް އަށް ލިބިފައިވާއިރު އެ އެވޯޑަށް އިތުރު ހަތް ފިލްމެއް ވަނީ ހިމަނާފައެވެ. އެއީ :

ޓޯއި ސްޓޯރީ 4

ކެޕްޓަން މާވެލް

ފާސްޓް އެންޑް ފިއުރިއަސް ޕްރެޒެންޓްސް ހޮބްސް އެންޑް ޝޯ

ލަޔަން ކިންގް

ޖޯން ވިކް – ޗެޕްޓާ 3 : ޕެރެބެލަމް

އަސް

ސަޕައިޑަރމޭން : ފާ ފްރޮމް ހޯމް

މިއަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑު އެންޑްގޭމް އަށް ލިބިފައިވާއިރު މާވެލްގެ އިތުރު ފިލްމުތަކުން ތަފާތު އެކްޓަރުންނަށްވެސް ވަނީ އެކި އެވޯޑް ހޯދާފައެވެ. އަޔަން މޭންގެ ރޯލުން ފެނިގެންދާ ރޮބާޓް ޑައުނީ ޖޫނިއާއަށް ވަނީ މޫވީ ސްޓާ (ފިރިހެން)ގެ އެވޯޑު ލިބިފައެވެ. މޫވީ ސްޓާ (އަންހެން) އެވޯޑު ލިބިފައިވަނީ ސްޕައިޑަރމޭން އިން ފެނިގެންދާ ޒެންޑާޔާ އަށެވެ.

އެކްޝަން މޫވީ ސްޓާ އެވޯޑުވެސް ވަނީ މާވެލްގެ ފިލްމުގެ އެކްޓަރަކަށް ލިބިފައެވެ. އެ އެވޯޑު ލިބިފައިވަނީ ސްޕައިޑަރމޭންގެ ރޯލުން ފެނިގެންދާ ޓޮމް ހޮލެންޑް އަށެވެ.

comment ކޮމެންޓް