ޕުލްކިތު އާއި ކްރިތީ ލޯބީގެ ގޮށް ޖަހައިފި

ޕުލްކިތު އާއި ކްރިތީ---

މި މަހު ރިލީޒްކުރާ ފިލްމު "ޕާގަލްޕަންތީ" ގެ ލީޑު ދެތަރިންކަމަށްވާ ޕުލްކިޓް ސަމްރާޓާއި 35، ކްރިތީ ކަރްބަންދާ 31، އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސްވެއްޖެއެވެ.

އެދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އެއްބަސްވެފައިވަނީ މިދެތަރިން ލޯބިން ގުޅިގެން އުޅޭކަމަށް ވާހަކަދެކެވޭތާ ދުވަސްތަކެއް ފަހުންނެވެ.

ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގައި ޕުލްކިތު ބުނީ ހާއްސަ އަންހެން ކުއްޖެއް އޭނާގެ ދިރިއުޅުމުގައި އެބަހުރި ކަމަށާއި މި ވާހަކަ ތުންތުން މަތިން ދެކެވޭތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. އަދި މީހުން އެ ދައްކާ ވާހަކައަކީ ތެދުވާހަކަތަކެއް ކަމަށާއި އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކްރިތީ އާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޕުލްކިތަކީ ކުރިން ކައިވެންޏެއްކޮށްފައިވާ މީހެކެވެ. އޭނާ 2014 ވަނަ އަހަރު ކައިވެނިކުރީ ބޮލީވުޑްގެ ތަރި ސަލްމާންހާންގެ ތިމާގެ މީހެއްކަމަށްވާ ޝްވޭތާ ރޯހިރާއާ އެވެ. އެ ކައިވެންޏަށް ދަރިއަކު ލިބިފައެއްނުވެއެވެ.

ޕުލްކިތު ވަނީ މީގެ ކުރިން ބަތަލާ ޔާމީ ގޯތަމް އާ ލޯބީގެ ގޮތުން ގުޅިފައެވެ.

ކްރިތީ މީގެ ކުރިން ކައިވެންޏެއްކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް