ތިލަފުށީގައި އެއާ ބެލޫންއެއް ފަޅައިގެންގޮސް ދެމީހަކަށް އަނިޔާވެއްޖެ

ތިލަފުށި މަތިން ނަގާފައި ފޮޓޯއެއް --- ފައިލް ފޮޓޯ

ތިލަފުށީގައި ބޮޑެތި ބޯޓުފަހަރު އެހެލާ ބާލަން ބޭނުންކުރާ ބޮޑު އެއާ ބެލޫންއެއް ފަޅައިގެންގޮސް ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 05:21 ގައި ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވެފައިވަނީ ބަނގުލަދޭޝް ދެމީހަކަށް ކަމަށެވެ. އަދި އެ ދެމީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުންނެވެ.

comment ކޮމެންޓް