ޔޫއްޕެގެ "ދައުވަތު" މި މަހު 12 ގައި ބައިސްކޯފަށް

ދައުވަތުގެ ޕޯސްޓަރެއް--

ފިލްމީތަރި ޔޫސުފް ޝަފީއު(ޔޫއްޕެ) ތައްޔާރުކޮށް އުފެއްދި ފިލްމު "ދައުވަތު" މި މަހު 12 އިން ފެށިގެން ބައިސްކޯފު އެޕްލިކޭޝަނުން ދެއްކުމަށް ނިންމައިފިއެވެ.

ފިލްމު ދައުވަތު ބައިސްކޯފު އެޕްލިކޭޝަނުން ދައްކާނެކަން ހާމަކުރީ ޕްރޮޑިއުސަރު ޝަގީގެވެ. އެ ފިލްމަކީ ރާއްޖޭގެ ދެކުނުގެ ހިސާބެއްގައި ދިރިއުޅުނު އާއިލާއަކަށް ދިމާވެފައިވާ ކަންތައްތަކެއްގެ އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ހަގީގީ ފިލްމެކެވެ.

"ދައުވަތު"ގައި އައްޒަގެ އިތުރުން ދެން ފެނިގެންދާނީ އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ކުރިއަރަމުން އަންނަ ބަތަލާ އިރްފާނާ އިބްރާހީމް (އިރޫ)ވެސް ފެނިގެންދާނެ އެވެ.

ފިލްމުގައި ދައްކުވައިދެނީ އަލަށް ކައިވެނި ކުރެވުނު ދެމަފިރިއަކު "ހަނީމޫނަށް" ރަށަކަށް ގޮސް އެ މީހުންނަށް ކުރިމަތިވާ ކަންތައްތަކެކެވެ. ހާދިސާގެ ފެށުމަކީ ސިހުރެވެ.

"ދައުވަތު" އަކީ ރާއްޖޭގައި ބޮޑުވެފައިވާ ސިހުރުގެ މައްސަލަތަކަށް ހަދާ ބިރުވެރި ފިލްމެކެވެ.

comment ކޮމެންޓް