ޖޯން މެކަފީގެ ބައޮގްރަފިކަލް ފިލްމަށް ޒެކް

ކާމިޔާބު ތަރި ޒެކް އެފްރޮން---

މެކަފީ އެންޓި ވައިރަސް ސޮފްޓްވެއާގެ ބާނީ ޖޯން މެކެފީގެ ބައޮގްރަފިކަލް ފިލްމުން ޒެކް އެފްރޮން ހަމަޖައްސައިފިއެވެ.

"ކިންގް އޮދް ދަ ޖަންގަލް" ނަމުން ނަންދީފައިވާ އެ ފިލްމު ޑައިރެކްޓްކުރާނީ ކާމިޔާބު މަޝްހޫރު ޑައިރެކްޓަރު ގްލެން ފިކާރާ އާއި ޖޯން ރެގްއާއެވެ.

އެ ފިލްމުގައި އޭނާގެ ހަޔާތުގެ މުހިއްމު ވާހަކަތަކެއް ދައްކުވައިދިނުމަށް ހަމަޖެހިފައިވާއިރު އެ ފިލްމުގައި އޭނާ ނުފޫޒު ގަދަ ވިޔަފާވެރިއަކަށްވާ މަންޒަރުތައްވެސް ދައްކުވައިދޭނެއެވެ.

ކިއުބާ އަށް އަމިއްލަ އަށް އަރުވައިލެވިގެން އުޅޭ މަންޒަރާ އޭނާގެ މުއްސަނދި ދިރިއުޅުމުގެ ވާހަކަަތައްވެސް ދައްކުވައިދިނުމަށް ވަނީ ހަމަޖައްސައިފައެވެ.

ޒެކް އެ ފިލްމުގެ ރޯލަކަށް ހަމަޖައްސާފައިވީ ނަމަވެސް ފިލްމުގައި ހަރަކާތްތެރިވާ އިތުރު ތަރިންނެއް ހާމަކޮށްފައެއްނުވެއެވެ.

ފިލްމުގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު ފަށާއި އަންނަ އަހަރުތެރޭ ފިލްމު ސްކްރީންކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ.

ޒެކް ވަނީ ހައި ސްކޫލު މިއުޒިކަލްގެ ސީކުއަލްތަކުން ބޮޑު މަގްބޫލުކަމެއް ހޯދައި ބެލުންތެރިންގެ ލޯބި ހޯދާފައެވެ.

comment ކޮމެންޓް