ކީރިތި ގުރުއާން ހިތުދަސްކުރި 16 ފަރާތަކަށް ހާއްސަ އިނާމު

ކީރިތި ގުރުއާން ހިތު ދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ލިބިފައިވާ ފަރާތްތަކާއެކުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު --- ފޮޓޯ : ރައީސް އޮފީސް

ކީރިތި ގުރުއާން ހިތުދަސްކޮށްގެން 16 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ހަނދާނީ ފިލާއާއި މެޑަލް އަރުވައިފިއެވެ.

ކީރިތި ގުރުއާން ހިތުދަސްކުރި ހާފިޒުންނާއި ހާފިޒާއިންނަށް، ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މެޑަލް އަރުއްވާފައިވަނީ ޖުމްހޫރީ ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައެވެ.

ގުރުއާން ހިތުދަސްކޮށްގެން 16 ހާފިޒުންނަށް ރޭ ހާއްސަ އިނާމާއި މެޑަލް ދިން އިރު، އޭގެ ތެރޭގައި ހަތް ފިރިހެނަކާއި ނުވަ އަންހެނުންނެވެ. އަދި އޭގެ ތެރޭގައި ޒުވާނުންވެސް ގިނަ އަދަދަށް ހިމެނެއެވެ.

ކީރިތި ގުރުއާން ހިތުދަސްކޮށްގެން ހާއްސަ އިނާމު ހޯދި ފަރާތްތައް:

  1. އަލްހާފިޒާ އާސިޔަތު އާދަމް، ފެހިގެ ގއ. މާމެންދޫ
  2. އަލްހާފިޒް ހަސަން އާހިލް، އިރުދޭމާގެ ތ. ގުރައިދޫ
  3. އަލްހާފިޒާ ޒޫނާ އިސްމާއިލް، ގަސްކަރަ ކ. ގުޅި
  4. އަލްހާފިޒް އަބްދުﷲ އަލްޔަސައު ބިން ޒަމްޒަމް، މއ. ރިހިރާޅު
  5. އަލްހާފިޒް ސިބުޣަތުﷲ އަހްމަދު، ރަޝީދާމަންޒިލް ފ. ނިލަންދޫ
  6. އަލްހާފިޒް މުހައްމަދު ރަފާހު އަހްމަދު، މ. ބަނބުކެޔޮގަސްދޮށުގެ
  7. އަލްހާފިޒާ މާޒިނާ އަބްދުއްރަހީމް، ކިނާރާ ނ. ލަންދޫ
  8. އަލްހާފިޒާ މަރިޔަމް މިކްޔާސް ސަލްމާން، އަޅިފަށުވިގެ ގއ. ގެމަނަފުށި
  9. އަލްހާފިޒް އަހްމަދު ނާޒިލް މުހައްމަދު، ހުވަނދުމާގެ ޅ. ނައިފަރު
  10. އަލްހާފިޒާ އުރުޖުވާން މުހައްމަދު، މ. މެޑެލްމާގެ
  11. އަލްހާފިޒް މުހައްމަދު ޒާއިން އަޝްރަފް، އާބަހާރުގެ ކ. ކާށިދޫ
  12. އަލްހާފިޒާ މާއިޝާ އަބްދުއްރަހީމް، ކިނާރާ ނ. ލަންދޫ
  13. އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު، މއ. އަސާސް
  14. އަލްހާފިޒާ ފާތިމަތު ޝުއާއު ޝާހު، ދަފްތަރު ދރ. 1519
  15. އަލްހާފިޒާ މަރިޔަމް ހުސައިން، ޝެމްރޮކް ސ. ހިތަދޫ
  16. އަލްހާފިޒް މޫސާ މާއިޝް މާޖިދު، މ. ޝޭޑީރެސްޓް ދެކުނުބައި

ކީރިތި ގުރުއާން ހިތުދަސްކޮށްގެން މިރޭ ހާއްސަ އިނާމު ހޯދި ޒުވާން ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިނާމު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

comment ކޮމެންޓް