ހުޅުމާލެއަށް ދިމާވި ކަރަންޓްގެ މައްސަލަ ހައްލުކޮށްފިން: ސްޓެލްކޯ

ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ހުކުރު ދުވަހުގެރޭ ހުޅުމާލެއިން ކަރަންޓު ކެނޑުނީ އަލަށް ގާއިމްކުރި އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލައަކުން ކަމަށާއި އެކަން ހައްލުކޮށް އާންމު ހާލަތަކަށް ގެނެސްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ހުކުރު ދުވަހުގެރޭ މެންދަމު ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލައާއި ގުޅިގެން ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް އަލަށް ގާއިމްކުރި 50 މެގަވޯޓް އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ހުކުރު ދުވަހުގެތޭ މެންދަމު 2:15 ހާއިރު ހުޅުމާލެއިން ކަރަންޓު ކެނޑުނު އިރު މައްސަލަ ހައްލުކޮށް ކަރަންޓު ދޭން ފަށާފައިވަނީ 5:23 ހާއިރު އެވެ. ހެނދުނު 6:00 ގެ ފަހުން ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯ އިން ބުންޏެވެ.

comment ކޮމެންޓް