އެންމެ އުމުރުން ދުވަސްވީ ދެމަފިރިންގެ ކައިވެންޏަށް 80 އަހަރު

ޖޯން އާއި ޝާލޮޓްގެ ކައިވެންޏަށް އަންނަ މަހު 80 އަހަރު ފުރޭނެ -- ފޮޓޯ: ލޯންގްހޯން ވިލެޖް ސީނިއާ ލިވިން

ވޮޝިންޓަން (ނޮވެމްބަރު 10): ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ދެމަފިރިންގެ ރެކޯޑު އެމެރިކާގެ ޖޯން ހެންޑާސަން އާއި އޭނާގެ އަންހެނުން ޝާލޮޓް ހޯދައިފި އެވެ.

އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ ހެންޑާސަންގެ އުމުރުން 106 އަހަރުވެފައިވާ އިރު އޭނާގެ އަންހެނުންގެ އުމުރަކީ 105 އަހަރެވެ. އަދި އަންނަ މަހުގެ 15އިގައި އެ ދެ މީހުންގެ ކައިވެންޏަށް 80 އަހަރު ފުރޭނެ އެވެ.

އެ ދެ މީހުން ބައްދަލުވީ 1934 ވަނަ އަހަރު ޓެކްސަސް ޔުނިވާސިޓީންނެވެ. އޭރު ޝާލޮޓް ދިޔައީ ޓީޗަރަކަށް ވާން ކޯހެއް ހަދަމުންނެވެ. އަދި ޖޯންއަކީ ޔުނިވާސިޓީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔެކެވެ.

ޖޯން އާއި ޝާލޮޓް ބައްދަލުވީ 1934 ވަނަ އަހަރު -- ފޮޓޯ: ލޯންގްހޯން ވިލެޖް ސީނިއާ ލިވިން

ޖޯން އާއި ޝާލޮޓް ކައިވެނި ކުރީ ގްރޭޓް ޑިޕްރެޝަން ތެރޭ، 1939ގަ އެވެ.

ގިނެސް ވޯލްޑް ރެކޯޑްސް ފޮތުން ޖާގައެއް ލިބުމުން ޖޯން ބުނި ގޮތުގައި ދިގު އުމުރަކާއި އުފާވެރި ކައިވެންޏެއްގެ ސިއްރަކީ ދިރިއުޅުމުގައި މެދުމިން ހިޔާރު ކުރުމާއި، އަނބިމީހާއާ އަބަދުވެސް ގާތް، އެކުވެރި ގުޅުމެއް ބޭއްވުމެވެ.

comment ކޮމެންޓް