ޖޯން އަބްރަހަމް ވެބް ސީރީޒެއް ގެނެސްދެނީ

ޖޯން އަބްރަހަމް...

ބޮލީވުޑްގެ އެކްޝަން ފިލްމުތައް ކުޅެލުމަށް އެއްވަނަ އެކްޓަރު ޖޯން އަބްރަހަމް ދެ ވެބް ސީރީޒެއް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުނެފިއެވެ.

ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ޖޯން ބުނީ އަމިއްލަ ވެބް ސީރީޒެއް އާންމުންނަށް ގެނެސްދިނުމަށް ވިސްނާތާ ދެ އަހަރުވެދާނެ ކަމަށެވެ. ދެ ވާހަކައެއްގެ ރައިޓްސް ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވެބް ސީރީޒްގެ މަސައްކަތްކުރުމަށް ތައްޔާރީތައް ވަމުންދާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ވެބް ސީރީޒް ގެނެސްދިނުމަށް އަދި ދުވަސްކޮޅެއް ވާނެ ކަމަށާއި އެއް ސީރީޒްއަކީ ވާހަކަ ފޮތެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސީރީޒެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ފޮތުގެ ނަން އަދި ހާމަކުރެވެން ނެތް ކަމަށާއި އަވަސްމުސްތަގްބަލެއްގައި އެކަން ވެސް ކުރާނެ ކަމަށްވެސް ޖޯން ވަނީ ބުނެފައެވެ.

ޖޯން ބުނީ ޑިޖިޓަލް ކޮންޓެންޓެއް އުފެއްދުންތަކެއް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި މިހާރު ޑިޖިޓަލް ކޮންޓެންޓުތަކަށް މާބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

އޭނާ އެންމެ އަވަހަށް ދެން ފެނިގެންދާނީ މި މަހުގެ 22 ގައި ރިލީޒްކުރާ "ޕާގަލްޕަންތީ" އިންނެވެ.

comment ކޮމެންޓް