އަޔޫޝްމަންގެ "ބާލާ" ރިލީޒްކުރި އިރު ލީކުކޮށްލައިފި

ފިލްމުގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ތަރި އަޔޫޝްމަން ކުރާނާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާލާ" ލީކުކޮށްލައިފި އެވެ.

އެ ފިލްމު ރިލީޒްކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ފިލްމު ވަނީ ލީކުކޮށްލާފައެވެ. ބާލާ ވެސް ލީކުކޮށްލާފައިވަނީ ފަހަކަށް އައިސް ބޮލީވުޑްގައި ނެރެމުންދާ ހުރިހާ ފިލްމުތަކެއް ލީކުކުރަމުން އަންނަ ތަމިލް ރޮކާޒް އިންނެވެ.

އެ ވެބްސައިޓާ މެދު މީގެ ކުރިންވެސް ފިޔަވަޅު އެޅިނަމަވެސް ބޮލީވުޑްގައި ރިލީޒްކުރާ ފިލްމުތައް ލީކުކުރުން ހުއްޓާލާފައެއްނުވެ އެވެ. ޔަމީ ގައުތަމް އަންހެން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގައި ބޫމީ ޕަޑްނޭކަރްވެސް ހަރަކާތްތެރިވާނެ އެވެ.

އަމަރް ކޯޝިކް ޑައިރެކްޓްކޮށް ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ކްރިޓީކުން ވެސް އަންނަނީ ފިލްމަށް ވަރަށް ބޮޑަށް ތާއީދުކުރަމުންނެވެ. ކްރިޓީކުން ބުނާގޮތުގައި މި ފިލްމުވެސް 100 ކުރޯޑުގެ އާމްދަނީ ވަރަށް އަވަހަށް ހޯދާނެއެވެ. އަދި މި ފިލްމުވެގެންދާނީ މި އަހަރު ނެރޭ އޭ ލިސްޓްގެ ތެރެއިން ފިލްމަކަށްކަމަށެވެ.

comment ކޮމެންޓް