"މަނީ ހެއިސްޓް 4" އަންނަ ޖަނަވަރީ 18 ގައި

މަނީ ހެއިސްޓްގެ ޕޯސްޓަރެއް--

ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ ސްޕެނިޝް ސީރީޒް "މަނީ ހެއިސްޓް"ގެ ހަތަރު ވަނަ ސީޒަން އަންނަ ޖަނަވަރީ މަހު ދެއްކުމަށް ހަމަޖައްސާފައިވާކަމަށް ހަބަރުތައް ބުނެފި އެވެ.

ބޭރުގެ ގިނަ މީޑީއާތަކުން ބުނާގޮތުގައި އެ ސީރީޒްގެ ހަތަރުވަނަ ސީޒަނެއް އަންނަ ޖަނަވަރީ މަހު ދައްކާނެކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އަދި ބައެއް ހަބަރުތައް ބުނާގޮތުގައި އެ ސީރީޒް ދައްކަން ފަށާނީ އެ މަހުގެ 18 ވަނަ ދުވަހު އެވެ.

އެ ސީރީޒް އަންނަ އަހަރު ދައްކާނެ ކަމަށް ވަނީ މީގެ ކުރިން އިއުލާންކޮށްފަ އެވެ.

ތިންވަނަ ސީޒަން ނިމުނުއިރު ނައިރޯބީ މަރަށް ތެޅޭތަން ފެނިގެންދިޔަ އެވެ. އޭނާ މަރުވިތޯ ނުވިތޯ ވެސް އެނގޭނީ ހަތަރު ވަނަ ސީޒަނުންނެވެ. އެއާއެކު ރަކޭލް އަށް ވީގޮތް ވެސް އެނގޭނީ އެ ސީޒަން ފެށީމަ އެވެ.

ބެލެވޭ ގޮތުގައި މި ސީޒަނަކީ އެ ސީރީޒްގެ އެންމެ ފަހު ސީޒަނެވެ.

comment ކޮމެންޓް