ޑޮކްޓަރުން އަމީތާބަށް އެންގީ މަސައްކަތުން ބުރޭކެއް ނަގަން

ލެޖެންޑް އަމީތާބު---

ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބުގެ ފިލްމީ ކެރިއަރަށް 50 އަހަރުވެއްޖެއެވެ.

ނަވާރަސަތޭކަ ފަސްދޮޅަސް ނުވަ ވަނަ އަހަރު ނުކުތް ފިލްމު "ސާތު ހިންދުސްތާނީ" އިން އަމީތާބު ބޮލީވުޑަށް ނުކުތް އިރު މިއަދާ ހަމައަށްވެސް އޭނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް ގިނަ އަދަދެއްގެ ލަވަތަކުގައި ވެސް މަސައްކަތްކޮށްފައެވެ.

އުމުރުން 77 އަހަރުގެ އަމީތާބަށް ސިއްހީ މައްސަލަތަކެއް ދިމާވެ ދާދިފަހުން ވަނީ އެޑްމިޓްވެސްކޮށްފައެވެ. އޭނާއަށް މިހާރު ޑޮކްޓަރުން އަންގާފައިވަނީ މަސައްކަތުން ބްރޭކެއް ނެގުމަށެވެ. އޭނާ އަށް އަރާމު ބޭނުންވާކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށް އަމީތާބުގެ ދަރި އަބީޝޭކް ވައްޗަން ވަނީ ބުނެފައެވެ.

އަމީތާބު މިހާރު އަންނަނީ އަޔޫޝްމަން ކުރާނާ އާއެކު "ގުލާބޯ ސިތާބޯ"ގެ މަންޒަރުތައް ނަގަމުންނެވެ. ރަންބީރު ކަޕޫރާއި އާލިއާ ބަޓް އާއެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ"ގައި ވެސް އަމީތާބު ހާއްސަ ފެނިލުމަކުން ފެންނާނެއެވެ.

ދާދިފަހުން އަމީތާބު އެޑްމިޓްކުރީ ލިވާއަށް ދިމާވި މައްސަލައަކުންކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެކަމަށް އޭނާ ފަރުވާކުރަމުން އަންނަ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އޭނާ އެންމެފަހުން ފެނިގެންދިޔައީ "ބަދްލާ"އިންނެވެ. ހަތްދިހައިގެ އަހަރުތަކުގައި ވިދާލި އަމީތާބް ވަނީ 200 އަށް ވުރެ ގިނަ ފިލްމުގައި ހަރަކާތްތެރިވެފައެވެ.

comment ކޮމެންޓް