އަމްޖޭގެ "ހަނާ" އަށް ދޮން އައްޔަ

ހަނާގެ ޕޯސްޓަރެއް--- ފޮޓޯ/ ފޭސްބުކް

ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރާ ޑްރާމާ ސިލްސިލާ "ހަނާ"ގެ ކާސްޓާ އަލީ އާޒިމް (ދޮން އައްޔަ) ގުޅިއްޖެ އެވެ.

އދ މާމިނގިލީގައި ޑްރާމާގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ އެ ޑްރާމާ ދައްކާނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަރުގަދަ އިންގިލާބެއް ގެނެސްދިން ބައިސްކޯފު އެޕްލިކޭޝަނުންނެވެ.

ދޮން އައްޔަ ބުނީ އެ ޑްރާމާ އަކީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއް ކަމަށާއި އެ ސްކްރިޕްޓް އޭނާ އަށް ވަރަށް ކަމުދިޔަ ކަމަށެވެ. އަދި ޑްރާމާގެ ރޯލެއް ކުޅެލަން ލިބުމަކީ އުފާވާކަމެއް ކަމަށާއި ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ހިތްހަމަޖެހޭ ފެންވަރުގެ އެކްޓިންއެއް ދެއްކުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"ހަނާ" ޑްރާމާގައި ދޮން އައްޔަގެ އިތުރުން ޝީލާ ނަޖީބް، ޒީނަތު އައްބާސް، ނޫރާ، ޝަމީލް، ނިޝާ އަދި ޖިމީ ވެސް ހަރަކާތްތެރިވާނެއެވެ. ހަނާ ރަސްމީކޮށް އިއުލާންކުރި ނަމަވެސް އެ ފިލްމު ބައިސްކޯފުން ދައްކާނީ ކޮން ދުވަހަކުން ކަމެއް ހާމަކޮށްފައެއްނުވެ އެވެ.

އަމްޖޭ ވަނީ ދާދިފަހުން "ޝްޝްޝް" ކިޔާ ޑްރާމާ އެއް ބައިސްކޯފަށް ގެނެސްދީފަ އެވެ.

comment ކޮމެންޓް