ދެލައްކައަށްވުރެ ގިނަ ރުފިޔާގެ ޕާޓީ ޑްރަގްސް އަތުލައިގެންފި

އަތުލައިގަތް ޕާޓީ ޑްރަގްސް-- ފޮޓޯ/ ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި ދެލައްކަ ރުފިޔާއަށްވުރެ ގިނަ ޕާޓީ ޑްރަގްސް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ރާއްޖެއަށް މި ތަކެތި އެތެރެ ކުރަން މަސައްކަތްކުރީ ބަންގްލަދޭޝުންނެވެ.

ކަސްޓަމްސްއިން މިރޭ ބުނީ، އެތަކެތި އަތުލައިގެންފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ރާއްޖެއަށް އުމުރުން 28 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ.

އެތަކެތި ތަހުލީލު ކުރި އިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމިންއަށް ޕޮސިޓިވް ވެފައިވާކަމަށް ކަސްޓަމަސްއިން ބުނެއެވެ. އޭނާގެ ލަޖެޖުން ފެނިފައިވަނީ 2،339 އެމްފެޓަމިން ގުޅައެވެ.

ކަސްޓަމްސްއިން ބުނީ، މަގުމަތީ ބާޒާރުގައި އެތަކެތީގެ އަގު 233،000 އަރާނެ ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ރާއްޖެއިން ދޭތެރެ ދޭތެރެއިން ގިނަ އަދަދަކުން ޕާޓީ ޑްރަގްސް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން އަތުލައިގަނެއެވެ.

comment ކޮމެންޓް