ރެޑްވޭވްގެ އަހަރީ ބާޒާރަށް ތަރުހީބު ބޮޑުވެ އިތުރު އިނާމުތަކެއް

ރެޑްވޭވްގެ ފިހާރައެއް--- ފޮޓޯ: ރެޑްވޭވް

ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރާ ރެޑްވޭވުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރު ފެށި އަހަރީ ބާޒާރަށް ލިބޭ ތަރުހީބު ބޮޑުވެ އިތުރު އިނާމުތަކެއް ދޭގޮތަށް ނިންމައިފިއެެވެ.

މިދިޔަ މަހު ހަވަނަ ދުވަހު ފެށި އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ އަހަރުގެ ޖެނުއަރީ 15 އާ ހަމައަށެވެ.

އެ ޕްރޮމޯޝަން އެންމެ ފުރަތަމަ ފެށިއިރު ރެޑްވޭވްއިން ކުރާ ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިއެވެ. އަދި ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް 10،000 ރުފިޔާ ގުރުއަތުން ލިބިގެންދާނެއެވެ. އަދި ހަމަ މިއާއިއެކު، އިތުރު 10 ފަރާތަކަށް 10 އިނާމުގެ ގޮތުގައި، ރެޑްވޭވުން އިމްޕޯޓުކުރާ ފަރުނީޗަރު އަދި ބޮޑެތި އިލެކްޓްރޯނިކް އެޕްލައިންސް ލިބިގެންދާނެއެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖެނުއަރީ 15 އާ ހަމައަށް ރެޑްވޭވުން މިހާރު ވަނީ އިތުރު އާ ޕްރޮމޯޝަނެއްވެސް ހުޅުވާލައިފައެވެ.

ރެޑް ޥޭވްގެ އަަހަރީ ބާޒާރުގެ ޕޯސްޓަރެއް--- ފޮޓޯ: ރެޑްވޭވް

އެގޮތުން، މިއަންނަ އާދިއްތައިން ފެށިގެން، ކޮންމެ ހަފްތާއަކު، 200ރއިން މަތީގެ ކޮންމެ ބިލެއް ހައްދަވާ ކަސްޓަމަރަކަށް ނަސީބު އަގުވަޒަންކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. މިޕްރޮމޯޝަންގެ ތެރޭ، ރެޑްވޭވްގެ "ހަފްތާ ސޭލް" ކުރިއަށްދިޔަ ފަދައިން، ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ހައްގުވާ ތިން ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްވަނައަށް 5،000ރ، ދެވަނައަށް 3،000ރ އަދި ތިންވަނައަށް 2،000ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަހަރީ ބާޒާރުގެ ތެރޭގައި ގިނަ އަދަދެއްގެ ބްރޭންޑު ރެޑްވޭވުން ދަނީ ތައާރަފުކުރަމުންނެވެ. އެގޮތުން ގަލަންޒް ބްރޭންޑްގެ އެއާކޯން، މޮލްފިކްސް ބްރޭންޑުގެ ނެޕީ އަދި ތަފާތު އެކި ވައްތަރުގެ އިލެކްޓްރޯނިކްސް އަދި ފަރުނީޗަރު ރެޑްވޭވުން ވަނީ ތައާރަފުކޮށްފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ މާކެޓުގައި ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ބްރޭންޑުތަކަކެއް ރާއްޖޭގެ މާކެޓަށް، އަހަރީ ބާޒާރުގެ ތެރޭގައި ތައާރަފުކުރެވިގެން ދާނެކަމުގައި ރެޑްވޭވުން މައުލޫމާތު ދެއެވެ.

ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ރެޑްވޭވް ފޭސްބުކް ޕޭޖް ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް