ޒުވާން ވިޔަފާރިވެރިން އުފައްދުމަށް ހިންގާ ސްޓާޓްއަޕް ވީކެންޑް މިމަހު 15 ގައި ފަށަނީ

2017 ގައި މާލޭގައި ކުރިއަށް ދިޔަ ސްޓާޓްއަޕް ވީކެންޑް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --

ދިރާގާއި ސްޕާކްހަބް ގުޅިގެން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ބާއްވަމުން އަންނަ "ސްޓާޓަޕް ވީކެންޑް " މިމަހު 15 އިގައި ފަށާގޮތަށް ނިންމައިފިއެވެ.

މިއީ ޖެހިޖެހިގެން ސްޓާޓަޕްވީކެންޑް ބާއްވާ ދެވަނަ އަހަރެވެ. މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޓެކްސްޓާސް ސްޓަރޓަޕް ވީކެންޑަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބައިނަލް އަޤަވާމީ ހަރަކާތެކެވެ.

އެ މޮޑެލް މިހާރު ދުނިޔޭގެ 150 ގައުމުގައި ވަރަށް ކާމިޔާބު ކަމާއެކު ޓްޗްސްޓާގެ މި ޕްރޮގްރާމް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ފަންސާސް ހަތަރު ގަޑިިއިރަށް ކުރިއަށް ގެންދާ އެ ހަރަކާތުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ވިސްނުންތައް ހަގީގަތަކަށް ގެންނާނެ ގޮތާ ބެހޭގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދޭނެއެވެ.

އެ ހަރަކާތުގެ ތެރެއިން ބައިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ބިޒްނަސް ކޯޗުންނާއި އަދި ދިރާގު އަދި އިންޑަސްޓްރީގެ ތަޖުރިބާކާރު މެންޓަރުންނާ ބައްދަލުކޮށް އެ ފަދަ މީހުންގެ އިރުޝާދުގެ ލިބިގެންދާނެއެވެ. އަދ ހިއްސާކުރެވޭ ހިޔާލުތަށް ވިޔަފާރީގެ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްވެސް ބައިވެރިންނަށް ކިޔާ ދެވިގެންދާނެއެވެ.

ދިރާގުން ބުނީ އެ ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންގެ މެދުގައި ސްޓަރޓްޕް ކަލްޗަރ އެއް ބިނާ ކޮށް، އެ މީހުންގެ ފުރިހަމަ ހުނަރު ދަސްކުރުމާއި، އުފެއްދުމާއި އަމަލުން ދެއްކުމުގެ މަގުފަހި ކޮށްދިނުމެވެ.

comment ކޮމެންޓް