"ޕަތީ ޕަތުނީ އޯރް ވޯ"ގެ ޓްރެއިލާ ދައްކާލައިފި

ފިލްމުގެ ލީޑު ތަރިން---

ނަވާރަސަތޭކަ ހަތްދިހަ އަށްވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގެ ރީމޭކްގެ ޓްރެއިލާ ދައްކާލައިފިއެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޓްރެއިލާ މިދިޔަ އާދިއްތަ ދުވަހު ރިލީޒްކޮށްފައިވާއިރު އެ ޓްރެއިލާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ފިލްމުގެ ރީމޭކް އިން ފެނިގެންދާނީ ކާރްތިން އާރްޔާން، ބޫމީ ޕެދްނޭކަރު އަދި އަނަންޔާ ޕާންޑޭ އެވެ.

މުދައްސިރް އަޒީޒު ޑައިރެކްޓުކޮށް، ޓީ ސީރީޒާއި ބީއާރް ސްޓޫޑިއޯ ގުޅިގެން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޝޫޓިން ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު އެވެ.

މީގެ 40 އަހަރު ކުރިން ރިލީޒް ކުރި 'ޕަތީ ޕަތުނީ އޯރް ވޯ'ގެ ވާހަކަ ބިނާކޮށްފައި ވަނީ ފިރިއަކު ކައިވެނީގެ ބޭރުން އޭނާގެ ސެކްރެޓަރީއާ ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއްގެ މައްޗަށެވެ. ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ދިޔައީ ސަންޖީވް ކުމާރު، ވިދްޔާ ސިންހާ އަދި ރަންޖީތާ ކޯރް އެވެ.

comment ކޮމެންޓް