"ބުރަހްމަސްތުރާ"ގައި ޝާހްރުކްވެސް ފެންނާނެ

ބޮލީވުޑް ރަސްގެފާނު ޝާހްރުކް ޚާން--

މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ބުރަހްމަސްތުރާ"ގައި ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކްހާންގެ ހާއްސަ ފެނިލުމެއް ފެންނާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ އަސްލު ދިރިއުޅުމުގައި ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އަންނަ ދެތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރެވެ.

އެ ފިލްމުގައި ޝާހް ހާއްސަ ފެނިލުމަކުން ފެނުނު ނަމަވެސް ރަންބީރުގެ ކެރެކްޓާ އާއި ޝާހް އާ ވަރަށް ހާއްސަ ގުޅުމެއް އޮންނަ ކަމަށް ހަބަރުތައް ބުނެއެވެ. ޝާހްގެ އެ ކެރެކްޓާ އަކީ ފިލްމަށް ވަރަށް މުހިއްމު ކެރެކްޓާއެއް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ފިލްމު ރިލީޒްކުރަން ކުރިން ނިންމީ އަންނަ މަހު 15 އަށް ގެންނަން ވަނީ ނިންމާފައެވެ. ނަމަވެސް އެ ފިލްމު ފަސްކޮށް އަންނަ އަހަރު ގެނެސްދޭ ގޮތަށް ވަނީ ނިންމާފައެވެ. އެކަމަކު އަދި ރިލީޒްކުރާ ތާރީހެއް އިއުލާންކޮށްފައެއްނުވެއެވެ.

"ބުރަހްމަސްތުރާ" ވާނީ އާލިއާ އާއި ރަންބީރު އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ގިނަ މަންޒަރުތަކެއް ބަލްގޭރިއާގައި ވެސް ވަނީ ނަގާފައެވެ.

އެ ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނަކީ، ޑިމްޕަލް ކަޕާޑިއާ، އަމީތާބު ބައްޗަން، ނާގުރްޖުނާ އަކިނޭނީ އަދި ޓީވީ ބަތަލާ މޯނީ ރޯއި ފަދަ ތަރިންނެވެ.

ވަރުގަދަ ކާސްޓަކާއެކު ހަދާފައިވާ ފެންޓަސީ، އެޑްވެންޗާ އެ ފިލްމަކީ 21 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް